ވީއައިއޭގެ އައު ޓާމިނަލްގައި ދިވެހިންނަށް 10 އީ-ގޭޓު ހުޅުވައިފި

ވީއައިއޭގެ އައު ޓާމިނަލްގައި ދިވެހިންނަށް 10 އީ-ގޭޓު ހުޅުވައިފި

Author
އަހުމަދު
31 ޑިސެމްބަރ 2025 02:52
0

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އައު ޓާމިނަލްގައި މިއަދު ދިވެހިންނަށް 10 އީ-ގޭޓު ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ. އެރައިވަލްގައި ފަސް އީ-ގޭޓާއި ޑިޕާޗާގައި ފަސް އީ-ގޭޓު މިއަދު ބޭނުންކުރަން ފަށާފައިވަނީ، ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަންސް އަޙްމަދު ފަސީހުގެ އިތުރުން ކޮމިޝަނާ އޮފް ޕޮލިހާއި އެއާޕޯޓްގެ އިސްވެރިން ބައިވެރިވެވަޑައިގެން ބޭއްވި ހަފްލާއެއްގައެވެ.

އީ-ގޭޓް ބޭނުންކުރުމަށް ފުރަތަމަ ބޯޑިން ޕާހުގެ ބާކޯޑު ސްކޭންކޮށް، ދެން ޕާސްޕޯޓުގެ ބަޔޯޑާޓާ ޕޭޖް ސްކްރީނުގައި ޖައްސައި، އިނގިލީގެ ފިންގަރޕްރިންޓް ރީޑްކުރުމުން ގޭޓު ހުޅުވިގެންދާނެއެވެ. ނަމަވެސް ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ފޭޝަލް ރެކޮގްނިޝަން ބޭނުންކޮށްގެން ވެސް ބޯޑަރު ހުރަސްކުރެވޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

މިހާރު ހަމައެކަނި ދިވެހިންނަށް ހުޅުވާލެވިފައިވާ މި ޚިދުމަތް 2026 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އިތުރަށް ފުޅާކޮށް، އެރައިވަލްގައި 10 އަދި ޑިޕާޗާގައި 10 އީ-ގޭޓަށް އިތުރުކޮށް ބިދޭސީންނަށް ވެސް މި ޚިދުމަތް ލިބޭނެ ކަމަށް އިމިގްރޭޝަނުން ހާމަކުރެއެވެ. މި ޚިދުމަތުން ދަތުރުކުރާ މީހުންނަށް އެއާޕޯޓުގެ ޕްރޮސެސް ފަސޭހަވެ، ދަތުރު އިތުރަށް އަވަސްވެގެންދާނެ ކަމަށް ވެސް ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.