ކައުންސިލް އިންތިހާބަށް އޮންލައިންކޮށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މައުލޫމާތު ޕާޓީތަކަށް ދީފި

ކައުންސިލް އިންތިހާބަށް އޮންލައިންކޮށް ކެންޑިޑެސީ ފޯމު ހުށަހެޅުމުގެ މައުލޫމާތު ޕާޓީތަކަށް ދީފި

Author
ހުސައިން
28 ޑިސެމްބަރ 2025 11:55
0

އަންނަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ކޮމިޓީގެ އިންތިހާބަށް އޮންލައިންކޮށް ކެންޑިޑެސީ ފޯމު ހުށަހެޅުމާ ގުޅޭ މުހިންމު މައުލޫމާތު އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކަށް ހިއްސާކޮށްފިއެވެ.

ވެރިކަންކުރާ ޕީއެންސީ، އިދިކޮޅު އެމްޑީޕީ، އަދާލަތު ޕާޓީ އަދި އެމްޑީއޭގެ ވަކީލުން ބައިވެރިވި މި ބައްދަލުވުމުގައި، ޕާޓީތަކުން ތަމްސީލުކުރާ ކެންޑިޑޭޓުން އެންޑޯޒްކުރުމުގައި އަމަލުކުރަންޖެހޭ އުސޫލުތައް ސާފުކޮށްދީފައިވެއެވެ.

ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ދުރާލައި ކުށާއި ދަރަނީގެ ރެކޯޑު ސާފުކޮށްދިނުމަށް ބާރުއަޅައިދިނުމަށް އީސީން ސިޔާސީ ޕާޓީތަކަށް އެދިވަޑައިގެންފައިވެއެވެ. އަދި އޮންލައިން ފޯމު ހުށަހެޅުމުގެ ކަންކަމާ މެދު ރައްޔިތުން ހޭލުންތެރިކުރުވުމުގައި ޕާޓީތަކާއެކު ގުޅިގެން ކުރެވިދާނެ މަސައްކަތްތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެވުނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.