32 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެ މީހަކު ހައްޔަރުކޮށްފި

32 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަނެ މީހަކު ހައްޔަރުކޮށްފި

Author
ހުސައިން
27 ޑިސެމްބަރ 2025 08:52
0

ކަނޑުމަގުން ރާއްޖެ އެތެރެކުރަން އުޅުނު 40 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގަނެ، މި މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ރޭ ހާމަކޮށްފިއެވެ.

ބަލާފާސްކުރުމުގެ ތެރެއިން ފެނިފައިވާ މި ތަކެތީގެ ބާވަތަކީ ހަޝިޝް އޮއިލްކަމަށާއި، މަގުމަތީގެ އަގު 32 މިލިއަން ރުފިޔާއަށްވުރެ މަތިވާނެކަމަށް ބެލެވެއެވެ. ޗޮކްލެޓް ސިރަޕް ފުޅިތަކަކަށް އަޅައިގެން މި މަސްތުވާތަކެތި އެތެރެކުރަން މަސައްކަތްކޮށްފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ.

ހައްޔަރުކުރި މީހާގެ މައުލޫމާތާއި މައްސަލައާ ގުޅުންހުރި އިތުރު ތަފްސީލު ފަހުން ހިއްސާކުރާނެކަމަށް ފުލުހުން ބުނެއެވެ. މި މައްސަލަ ފެންމަތިވަނީ ސަރުކާރުން "އޮޕަރޭޝަން އަލިމަގު" ނަމުގައި ނޮވެމްބަރު 13 ގައި ޑްރަގާ ދެކޮޅަށް ބޮޑު އޮޕަރޭޝަނެއް ފަށާފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.