ހައިކޯޓު ފަނޑިޔާރު ކަމަށް ކުރީގެ ފަނޑިޔާރުންނާއި ގާޒީން ހިމެނޭހެން 19 ބޭފުޅަކު ކުރިމަތިލައްވައިފި

ހައިކޯޓު ފަނޑިޔާރު ކަމަށް ކުރީގެ ފަނޑިޔާރުންނާއި ގާޒީން ހިމެނޭހެން 19 ބޭފުޅަކު ކުރިމަތިލައްވައިފި

Author
ހުސައިން
26 ޑިސެމްބަރ 2025 11:04
0

ހައިކޯޓުގެ ހުސްވެފައިވާ ދެ ފަނޑިޔާރުގެ މަގާމަށް 19 ބޭފުޅަކު ކުރިމަތިލައްވާފައިވާކަން ޖުޑީޝަލް ސާވިސް ކޮމިޝަނުން ހާމަކޮށްފިއެވެ. އެއީ ފަނޑިޔާރު މުހައްމަދު ނިޔާޒް ރިޓަޔާކުރައްވައި، ފަނޑިޔާރު މުހައްމަދު ފައިސަލް އިސްތިއުފާ ދެއްވުމާ ގުޅިގެން ހުސްވި ދެ މަގާމަށެވެ.

ކުރިމަތިލައްވާފައިވާ ބޭފުޅުންގެ ތެރޭގައި ހައިކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާނާއި އެކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް ހިމެނިވަޑައިގަންނަވައެވެ. ޝުޖާއު އަކީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ކެމްޕެއިން ކުރެއްވި ކަމަށްބުނެ ސުލޫކީ މައްސަލައެއް ސާބިތުވެ މަގާމުން ވަކިކުރަން ޖޭއެސްސީން ނިންމިއިރު، އެކަން ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުގެ ކުރިން އިސްތިއުފާ ދެއްވި ބޭފުޅެކެވެ. ރައޫފް ވެސް މަގާމުން ވަކިކުރުމުގެ ކުރިން އިސްތިއުފާ ދެއްވި ބޭފުޅެކެވެ.

މީގެ އިތުރުން ސުލޫކީ މައްސަލަ ސާބިތުވި ކްރިމިނަލް ކޯޓުގެ ކުރީގެ ގާޒީ އިބްރާހިމް އަލީ، ކ. ޖުޑީޝަލް ދާއިރާގެ ކުރީގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާގިބު އަހުމަދާއި ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ކުރީގެ އިސް މެޖިސްޓްރޭޓް އަލީ އާދަމް ހިމެނޭ 19 ބޭފުޅަކު މި މަގާމަށް ކުރިމަތިލައްވާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.