ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދުލްއީމާން ރަސްމީކޮށް ހުޅުވައިފި

ހުޅުމާލެ ދެވަނަ ފިޔަވަހީގެ މަސްޖިދުލްއީމާން ރަސްމީކޮށް ހުޅުވައިފި

Author
ހުސައިން
26 ޑިސެމްބަރ 2025 03:49
0

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އަލަށް އިމާރާތްކުރި މަސްޖިދުލްއީމާން ރަސްމީކޮށް ހުޅުވައި، އެ މިސްކިތުގައި މިއަދު ފުރަތަމަ ހުކުރު ނަމާދު ވަނީ ކޮށްފައެވެ. އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތް ރަސްމީކޮށް ހުޅުވާފައިވަނީ މިއަދު ހުކުރު ނަމާދަށް ފަހު ކަމަށާއި، ފުރަތަމަ ހުކުރު ނަމާދު އިމާމުވެ ކުރެއްވީ ޒުވާން ޚަޠީބު އަލްޙާފިޒު ޢުވައިސް ބިން އިނާޒު ކަމަށެވެ.

އަމިއްލަ ފަރާތެއްގެ ދީލަތި އެހީގައި ތިން ފަންގިފިލާއަށް ޒަމާނީ ފަރުމާއަކަށް ބިނާކޮށްފައިވާ މި މިސްކިތަކީ އެއްފަހަރާ 1200 މީހުންނަށް ނަމާދު ކުރެވޭ ވަރުގެ ބޮޑު ޖާގައެއް އޮތް މިސްކިތެކެވެ. މި މިސްކިތް ހުޅުވުމާއެކު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ ރައްޔިތުންނަށް ނަމާދު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.