27.9 މިލިއަން ރުފިޔާގެ މާލީ އެހީ މީޑިއާތަކުގެ މެދުގައި ބަހާނެގ ގޮތުގެ އުސޫލެއް ގެޒެޓްކޮށްފި

27.9 މިލިއަން ރުފިޔާގެ މާލީ އެހީ މީޑިއާތަކުގެ މެދުގައި ބަހާނެގ ގޮތުގެ އުސޫލެއް ގެޒެޓްކޮށްފި

Author
ހުސައިން
25 ޑިސެމްބަރ 2025 10:38
0

ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް ދޭ 27.9 މިލިއަން ރުފިޔާގެ މާލީ އެހީތެރިކަން ދިނުމުގެ އާ އުސޫލެއް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން މިއަދު ގެޒެޓްކޮށްފިއެވެ. މި އުސޫލުގެ ދަށުން 2025 ވަނަ އަހަރަށް ކަނޑައެޅިފައިވާ ފައިސާ އެއް ޕޭމަންޓްގެ ގޮތުގައި ދޫކުރާނެއެވެ.

އެމްއެމްބީސީން ނެރުނު ބަޔާނެއްގައި ބުނީ މި އުސޫލުގެ ދަށުން މާލީ އެހީ ހޯދުމަށް 2024 ޖެނުއަރީ 1 ގެ ކުރިން ރަޖިސްޓްރީކޮށްގެން ހިންގަމުންދާ އަދި ލައިސަންސް އޮވެގެން އޮޕަރޭޓްކުރާ ބްރޯޑްކާސްޓް މީޑިއާތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ. މީޑިއާތަކަށް ފައިސާ ބެހިގެންދާނީ މާކްސް ސިސްޓަމްއަކުން ކަމަށާއި، މަދުވެގެން 60 ޕޮއިންޓް ހަމަވާން ޖެހޭކަމަށް ބުނެފައިވެއެވެ.

މާކްސް ދިނުމުގައި ބަލާނީ މުވައްޒަފުންގެ އަދަދާއި ތައުލީމީ ފެންވަރަށާއި، ހުށަހަޅާ ބިޒްނަސް ޕްލޭނަށާއި، ކޮންޓެންޓްގެ ބާވަތަށާއި، އިދާރީ އިންތިޒާމްތަކަށް ކަމަށް އެ އުސޫލުގައި ބުނެފައިވެއެވެ. އެއް މީޑިއާއަށްވުރެ ގިނަ މީޑިއާ ހިންގާ ފަރާތްތަކަށް އިތުރު މީޑިއަމް ހިމަނައިގެން ޕްރޮޕޯޒަލް ހުށަހެޅޭނެއެވެ.

އެމްއެމްބީސީން ގާއިމްކޮށްފައިވާ އޮންލައިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހެޅުމުން ވަގުތީ މާކްސް ފެންނާނެ ކަމަށާއި، އިވެލުއޭޓްކޮށް ނިންމާ ފަހުން ޝަކުވާ ހުށަހެޅޭނެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް އެ ކޮމިޝަނުން ބުނެފައިވެއެވެ. ޕްރޮޕޯޒަލް އިވެލިއޭޓްކޮށް ނިމުމަށްފަހު ލަސްވެގެން އެއް ދުވަހުގެ ތެރޭގައި ފައިސާ ދޫކުރުމަށް ޔޫތު މިނިސްޓްރީއަށް ފޮނުވާނެ ކަމަށް އެ އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މީޑިއާތަކަށް އެދޭ ފުރުސަތު ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެމްއެމްބީސީން ބުނެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.