ފޭސްބުކްގައި ކުރީގެ އަންހެނާއާ ބެހޭގޮތުން ލިޔުމުން 200،000 ރުފިޔާ ދައްކަން ޖެހިއްޖެ

ފޭސްބުކްގައި ކުރީގެ އަންހެނާއާ ބެހޭގޮތުން ލިޔުމުން 200،000 ރުފިޔާ ދައްކަން ޖެހިއްޖެ

Author
ހުސައިން
24 ޑިސެމްބަރ 2025 10:05
0

ދެކުނުގެ ރަށެއްގައި އުޅޭ ފިރިހެން މީހަކު، އޭނާގެ ކުރީގެ އަންހެނާ ހިލޭ މީހަކާއި ގުޅުން ބޭއްވި ކަމަށް ބުނެ ފޭސްބުކްގައި ލިޔުމުގެ ސަބަބުން ބައިލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައްކަން ޖެހިއްޖެއެވެ. އަބުރާ ބެހުނު މައްސަލައިގައި ކޯޓުން ނިންމީ، އަބުރާ ބެހުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލުގައި 5000 ރުފިޔާއާއި، 150،000 ރުފިޔާ އަދި ވަކީލު ފީގެ ގޮތުގައި 50،000 ރުފިޔާ ދައްކަން ޖެހޭ ކަމަށެވެ. މީގެ އިތުރުން ފޭސްބުކްގައި މާފަށް އެދުމަށް ވެސް ކޯޓުން އަންގައިފައިވެއެވެ.

އަބުރުގެ މި ދައުވާ ކުރީ، އޭނާއާ ގުޅުން ބޭއްވި ކަމަށް ބުނެ އާންމުކޮށްލި ފިރިހެން މީހާއެވެ. އޭނާގެ ދައުވާގައި އެއް މިލިއަނަށްވުރެ ގިނަ ރުފިޔާ ނަގައިދޭން އެދިފައި އޮތް ނަމަވެސް، ކޯޓުން ނިންމީ މިހާރު ދައްކަން ޖެހޭ އަދަދަށެވެ. މި އަހަރުގެ ކުރީކޮޅު ހިނގި މި ހާދިސާއަށް ފަހު 20 އަހަރަށްވުރެ ގިނަ ދުވަސް ވީ އެ ދެމަފިރިންގެ ކައިވެނިވަނީ ރޫޅިފައެވެ. އެ ދެމަފިރިންނަށް ހަތަރު ދަރިން ލިބިފައިވާކަން ވެސް މައުލޫމާތު ލިބިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.