ކ. އަތޮޅުގައި ކުރިޔަށްދާ ފަޅު ފުންކުރުމުގެ މަޝްރޫއުތައް ތިމާވެށްޓަށް ގެއްލުން ލިބޭ، ފިޔަވަޅު އަޅާނަން: އީއާރުއޭ

ކ. އަތޮޅުގައި ކުރިޔަށްދާ ފަޅު ފުންކުރުމުގެ މަޝްރޫއުތައް ތިމާވެށްޓަށް ގެއްލުން ލިބޭ، ފިޔަވަޅު އަޅާނަން: އީއާރުއޭ

Author
ހުސައިން
23 ޑިސެމްބަރ 2025 10:33
0

ކ. އަތޮޅުގައި ކުރިއަށްދާ ފަޅު ފުންކުރުމާއި ބިން ހިއްކުމުގެ މަޝްރޫއުތަކުގައި ތިމާވެށްޓަށް ކުރާ ގެއްލުން ކުޑަކުރަން ފިޔަވަޅު އެޅުމެއް ނެތި މަސައްކަތް ކުރެވެމުން އަންނަ ކަމުގެ ޝަކުވާ ލިބެމުންދާކަން އެންވަޔަރަމަންޓަލް ރެގިއުލޭޓަރީ އޮތޯރިޓީއިން ރޭ ފާހަގަކުރައްވައިފިއެވެ.

އީއާރުއޭއިން ބުނީ ހުއްދަ ދީފައިވާ ސަރަހައްދުތަކުން ބޭރުން ވެލި ނެގުމާއި މޫސުން ގޯސްވެ ރީނދޫ ސަމާލު ނެރެފައިވާ ދުވަސްވަރުވެސް މަސައްކަތް ކުރަމުން ދިޔުމާ ގުޅޭ ގޮތުން އެ އިދާރާއަށް ގިނަ ޝަކުވާތަކެއް ލިބެމުން އަންނަ ކަމަށެވެ. މި މައްސަލަތަކާ ގުޅިގެން މަޝްރޫއުތައް ހިންގާ ގޮތް ގާތުން ބަލަމުން އަންނަ ކަމަށާއި ހުއްދަދީފައިވާ ގޮތާ ޚިލާފަށް މަސައްކަތްކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް އީއާރުއޭއިން ބުންޏެވެ.

ކ. އަތޮޅުގައި މިހާރު ކުރިއަށްދާ ބޮޑެތި މަޝްރޫއުތަކުގެ ތެރޭގައި ދިއްފުށީގެ ގޮނޑުދޮށް ހިމާޔަތްކުރުމާއި މާފުށީގެ ބަނދަރާއި ހުރާގެ ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް ހިމެނެއެވެ. އެއާއެކު މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއުކަމަށްވާ ރަސްމާލެ ހިއްކުމުގެ މަސައްކަތް ވެސް މިހާރު އަވަސްވެފައިވާއިރު ދުނިޔޭގެ އެންމެ ބޮޑު ޓްރެއިލާ ސަކްޝަން ހޮޕާ ޑްރެޖަރު ގެނެސް އެ މަސައްކަތް ތިން ގުނައަށް ހަލުވި ކޮށްފައިވާ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިމަހު ވިދާޅުވިއެވެ.

ރަސްމާލެއަކީ 100 ޕަސެންޓު ނެޓް ޒީރޯ ކާބަން ސްމާޓް އިކޯ ސިޓީއެއްގެ ގޮތުގައި ތަރައްގީކުރުމަށް ރާވާފައިވާ ރާއްޖޭގެ އެންމެ ބޮޑު ކްލައިމެޓް އެޑޭޕްޓޭޝަން މަޝްރޫއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.