އައު އަހަރު ފެށުން ފާހަގަކުރުމަށް ދިވެހި ސަޤާފަތާއި ކާނާގެ ހާއްސަ ފެސްޓިވަލެއް ބާއްވަނީ

އައު އަހަރު ފެށުން ފާހަގަކުރުމަށް ދިވެހި ސަޤާފަތާއި ކާނާގެ ހާއްސަ ފެސްޓިވަލެއް ބާއްވަނީ

Author
އައިޝަތު އަޙްމަދު
22 ޑިސެމްބަރ 2025 08:44
0

އައު އަހަރުގެ ފާހަގަކުރުމަށް ސަޤާފީ އަދި ކާނާގެ ހާއްސަ ފެސްޓިވަލެއް ބާއްވަން ތައްޔާރުވެއްޖެއެވެ. "މޯލްޑިވްސް ކަލްޗަރ އެންޑް ފުޑް ފެސްޓިވަލް 2025″ ގެ ނަމުގައި ބާއްވާ މި ފެސްޓިވަލް ފަށާނީ މި މަހުގެ 30 ވަނަ ދުވަހުން ފެށިގެން ޖެނުއަރީ 1 ގެ ރޭގަނޑު ނިމެންދެން ކުރިއަށް ގެންދާނެއެވެ.

ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަނާއި ފަތުރުވެރިކަމާ ތިމާވެއްޓާ ބެހޭ ވުޒާރާ އަދި ހައުސިންގ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން އިންތިޒާމްކުރާ މި ފެސްޓިވަލުގައި މުނިފޫހިފިލުވުމާއި، ތަފާތު ސަޤާފީ ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ފުޑް ސްޓޯލްތައް ބެހެއްޓުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ވިޒިޓް މޯލްޑިވްސްއިން ބުނީ މިދިޔަ އަހަރެކޭ އެއްގޮތަށް މި އަހަރު ވެސް ޑްރޯން ޝޯވއެއް ބާއްވާނެ ކަމަށެވެ. މި ފެސްޓިވަލް އިންތިޒާމްކުރާ ފަރާތްތަކުން ވަނީ ޕާޓްނަރޝިޕް ޤާއިމްކޮށް ސްޕޮންސަރކުރުމުގެ ފުރުސަތުތައް ވެސް ހުޅުވާލާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.