ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިޔާ އިބްރާހީމް އާދިލް ނިޔާވެއްޖެ

ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިޔާ އިބްރާހީމް އާދިލް ނިޔާވެއްޖެ

Author
އަހުމަދު
21 ޑިސެމްބަރ 2025 08:12
0

ރާއްޖޭގެ ވޮލީބޯޅަ ތާރީހުގައި ނަންހުރި ހުނަރުވެރި ކުޅުންތެރިޔާ އިބްރާހީމް އާދިލް ކެންސަރު ބަލީގައި މިއަދު ހަވީރު ނިޔާވެއްޖެ އެވެ. އުމުރުން 48 އަހަރުގައި ދުނިޔެ ދޫކުރި އާދިލް މިފަހުން ދަރުމަވަންތަ ހޮސްޕިޓަލުގައި ފަރުވާ ދެމުން އައިސް، ދެ އަހަރު ދުވަހު ވަރަށް ހިތްވަރުކޮށް މި ބަލީގެ ވޭން ތަހައްމަލު ކޮށްފައި ވެއެވެ.

ވޮލީބޯޅަ އެސޯސިއޭޝަނުން ބުނި ގޮތުގައި އާދިލްއަކީ ރާއްޖޭގެ ޒަމާނީ ވޮލީބޯޅައިގެ ތަރައްގީއަށް އަގުހުރި ހިއްސާއެއް ކޮށްދެއްވި ކުޅުންތެރިއެކެވެ. ސެންޓަ ބްލޮކަރެއްގެ ގޮތުގައި ކޯޗުން އެންމެ އިތުބާރު ކުރި އާދިލް، ހަލުވި އަދި އަވަސް ހަރަކާތްތަކުން ފާހަގަވި އެވެ. އޭނާ ވަނީ ގައުމީ ޓީމަށް ގިނަ އަހަރުތަކެއްވަންދެން  ކުޅެ، ހަވީރު ސްޕޯޓްސް އެވޯޑްސްގައި ވެސް ކާމިޔާބީ ހާސިލް ކޮށްފައެވެ.

ވިކްޓަރީ، ނިއު ރޭޑިއަންޓް އަދި އައްޑޫ ހިޒް ކްލަބަށް ވެސް އާދިލް ވަނީ ކުޅެފަ އެވެ. އަދި ރިޒޯޓް މުބާރާތްތަކުގައި ގިނަ ޓީމުތަކަށް ކާމިޔާބީ ހޯދައިދީފައިވެ އެވެ. ފަހުން އޭނާ ވަނީ ބީޗް ވޮލީބޯޅަ ވެސް ކުޅެ، 2019 ގައި ބޭއްވި ޕްރެޒިޑެންޓްސް އިންވިޓޭޝަނަލް ބީޗް ވޮލީބޯލް މުބާރާތުގައި ރާއްޖެ ތަމްސީލު ކޮށްފަ އެވެ. އާދިލްގެ ބޭބެ އަހުމަދު އަދީލް (ބޭބެ) އަކީ ވެސް ކުރީގެ ހުނަރުވެރި ވޮލީބޯޅަ ކުޅުންތެރިއެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.