އިންޑޮނޭޝިއާގެ ފްލައިޓެއް ގެއްލިގެން ހޯދަން ފަށައިފި

އިންޑޮނޭޝިއާގެ ފްލައިޓެއް ގެއްލިގެން ހޯދަން ފަށައިފި

Author
ހުސެއިން
09 ޖެނުއަރީ 2021 04:47
0

އިންޑޮނޭޝިއާގެ އެއްރލައިނެއް އެއަރޕޯޓުން ނައްޓަލިތާ ކުޑަވަގުތު ކޮޅެއްގެތެރޭގައި އެއްރ ޓްރެފިކް ކޮންޓްރޯލާއި ގުޅުން ކެޑިގެން ހޯދަން ފަށައިފިއެވެ.

އިންޑޮނޭޝިއާގެ ސްރީވިޖަޔާ އެއަރލައިންގެ ފްލައިޓެއްކަމުގައިވާ Flight SJ182 އެއަރޕޯޓުން ނައްޓާލިތާ މަދު ވަގުތުކޮޅެއްގެ ތެރޭގައި ރާޑަރުން ގެއްލިފައިވާކަމަށާއި، މިހާރު މި ފްލައިޓް ހޯދުމުގެ އެމަރޖެންސީ އޮޕަރޭޝަނެއް ލޯންޗުކޮށްފައި ވާކަމަށް އިންޑޮނޭޝިއާގެ ކަމާބެހޭ މުއްސަސާތަކުންވަނީ ހާމަކޮށްފައެވެ.

ފްލައިޓް ޓްރެކަރ ވެބްސައިޓެއްކަމުގައިވާ FlightRadar24 އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ބޮއިންގ 737ގެ މި ފްލައިޓް އެއަރ ޓްރެފިކް ކޮންޓްރޯލާއި ގުޅުން ކެނޑިފައިވަނީ، އުދުއްސާލިތާ1 މިނިޓްއިރު ފަހުން، 10،000 ފޫޓު މަތިންނެވެ.

ފްލައިޓް ޓްރެކިންގ އިން ދައްކާ ގޮތުގައި، flight SJ182 ގެއްލިފައިވަނީ އިންޑޮނޭޝިއާގެ އުތުރުން ވެރިރަށް ޖަކާޓާގެ ރަށްބޭރުންނެވެ.

އިްނޑޮނޭޝިއާގެ ސަރުކާރުގެ ތަރުޖަމާން އަޑިތާ އިރަވާތި ވިދާޅުވި ގޮތުގައި ސްރިވިޖާޔާ އެއަރޕްލޭންއާއި ގުޅުން ކެޑިފައިވަނީ ޖަކާޓާގެ އެއަޕޯޓުން ނައްޓާލިތާ ކުޑަވަގުތު ކޮޅެއްގެ ތެރޭގައެވެ.

އެއަރޕްލޭން ގެއްލިގެން މިހާރުދަނީ ތަހުގީގު ކުރެވެމުން، އަދި ނޭޝަނަލް ރިސާޗް އެންޑް ރެސްކިއު އޭޖެންސީއާއި، ނޭޝަނަލް ޓްރާންސްޕޯޓު ކޮމިޓީ ގުޅިގެން މިހާރު ވަނީ މިފްލައިޓް ހޯދުމުގެ މަސައްކަތް ފަށާފައި،" އިރަވާތި ވިދާޅުވިއެވެ.

ގެއްލިފައިވާ ފްލައިޓާ ގުޅޭގޮތުން މިހާރު ލިބެންހުރި މައުލޫމާތުތައް

  • މި ފަލައިޓާ އެންމެ ފަހުން އެއްރ ޓްރެފިކް ކޮންޓްރޯލުން ވާހަކަ ދައްކާފައިވަނީ، އިންޑޮނޭޝިއާ ގަޑިން 14:40 ގައި.
  • އިންޑޮނޭޝިއާގެ މީޑިއާތަކުން މައުލޫމާތު ދޭގޮތުގައި، މިފްލައިޓުގައި ޖުމްލަ 59 މީހުން ތިއްބެވެ. މީގެތެރޭގައި 5 ކުޑަކުދިންނާ އަދި ތުއްތު 1 ކުއްޖަކު ހިމެނެއެވެ.
  • ފްލައިޓުގައި ތިބީ ދެ ޕައިލަޓުންނާ 4 ކުރޫން.
  • ފްލައިޓް ފުރާފައިވަނީ ޖަކާޓާގެ ސޮއިކާނޯ-ހައްޓާ އެއަރޕޯޓުން. ފްލައިޓް ދަތުރު ކުރަމުން ދިޔައީ، ވެސްޓް ކަލިމަންޓަންގެ ސަރަހައްދީ ކެޕިޓަލް ކަމުގައިވާ ޕޮންޓިއަނަކައަށް.
  • ފްލައިޓަކީ ބޮައިންގ737-500 މަރުކާގެ ފްލައިޓެއް.
  • ފްލައިޓް ޓްރެކަރ ވެބްސައިޓެއްކަމުގައިވާ FlightRadar24 އިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ފްލައިޓް އެއަރ ޓްރެފިކް ކޮންޓްރޯލާއި ގުޅުން ކެނޑިފައިވަނީ، އުދުއްސާލިތާ 1 މިނިޓްއިރު ފަހުން، 10،000 ފޫޓު މަތިން.

މިހާތަނަށް ލިބިފައިވާ މައުލޫމާތުތަކަށް ބަލއިރު، އަދި މިފްލައިޓް ވެއްޓިފައިވާ ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެއެވެ. އެހެންނަމަވެސް ޖަކާޓާގެ އުތުރުން ވަކިން އޮންނަ ގުޅިފައިވާ ރައްތަކެއް ކަމުގައިވާ ތައުޒަންޑް އައިލޭންޑަސްގެ އެންމް އިސްފަރާތުން މައުލޫމާތު ދޭގޮތުގައި، އެސަރަހައްދު މާލެ އައިލޭންޑަށް ކޮންމެވެސް އެއްޗެއް ވެއްޓި ގޮވާފައިވާ އަޑު އިފިވައިވާ ކަމަށެވެ.

ބައެއް މީޑިއާތަކުން ވަނީ، އެސަހައްދުގެ ބައެއް މަސްވެރިން އެސަރަހައްދުގެ މޫދުން، އޮޔާދަނިކޮށް ހޮވާފައިވާ، ވެއްޓިފައިވާ ބޯޓެއްގެ ބައިތަކެއްކަމަށް ބެލެވޭ އެއްޗިހިތަކެއް ހޮވާފައިވަނިކޮށް ފޮޓޯތައް ދައްކާފައެވެ.

"އަހަރުމެންނަށް ވަނީ ބައެއް ކޭބަލްތަކާއި، ޖިންސެއްގެ ބަޔަކާއި، އަދި ދަގަޑި އެކޮޅޮތައްވެސް މޫދުން ފެނިފަ،" ސެކިއުރީޓި އޮފިޝަލެއްކަމުގައިވާ ޒުލްކިފްލީ މައުލޫމާތު ދިންކަމަށް އިންޑޮނޭޝިއާގެ ސީއެންއެން ބްރާންޗުން ރިޕޯޓު ކޮށްފައި ވެއެވެ.

އިންޑޮނޭޝިއާގެ މީޑިއާތަކުން މައުލޫމާތު ދީފައިވާ ގޮތުގައި، ބޯޓު ވެއްޓިފައިވާ ކަމަށް ބެލެވޭ ސަރަހައްދު ކައިރިން، އިންސާނުންގެ ހަށިގަޑުގެ ބައިތަކެއް ކަމަށް ބެލެވޭ ބައިތަކެއް، މިނިސްޓްރީ އޮފް ޓްރާންސްޕޯޓުގެ ޕެޓްރޯލް ބޯޓަކަށް ވަނީ ފެނިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.