ޝައިހް ނައިފަރީގެ ފަރުވާއަށް 400،000ރ. ގެ ފަންޑެއް ރައިސް ކޮށްފި

ޝައިހް ނައިފަރީގެ ފަރުވާއަށް 400،000ރ. ގެ ފަންޑެއް ރައިސް ކޮށްފި

Author
އަހުމަދު
16 ޑިސެމްބަރ 2025 06:25
0

ދިވެހި މުޖްތަމައުގައި ދީނީ އިލްމު ފެތުރުވުމުގައި އަގުހުރި ހިދުމަތްތަކެއް ކުރައްވައި، ދިވެހި ރައްޔިތުން ދީނީ ގޮތުން ހޭލުންތެރި ކުރުވުމުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ޝައިހް މުހައްމަދު އިބްރާހީމް (ނައިފަރީ)ގެ ބޭސްފަރުވާއަށް 400،000 ރުފިޔާ ލިބިއްޖެ އެވެ. އެހީ ޖަމިއްޔާއިން "އެދިހަ" ނަމުގައި ހުޅުވި ޕޯޓަލަށް މިހާތަނަށް 407،826 ރުފިޔާ ވަނީ ލިބިފަ އެވެ.

ދެ ލޮލުގެ ފެނުން ގެއްލި ސިއްޙީ އެކިއެކި ކަންކަމަށް ފަރުވާ ކުރައްވަމުން ގެންދަވާ ޝައިހް އިބްރާހިމް 2023 ވަނަ އަހަރު ސިކުނޑީގެ ޓިއުމަރު ނަގަން އޮޕަރޭޝަނެއް ވެސް ކުރައްވައިފައިވެ އެވެ. އެ އޮޕަރޭޝަނުގައި ޓިއުމަރުގެ 75 އިންސައްތަ ނެގި ނަމަވެސް، އަނެއް 25 އިންސައްތައިގެ ހާލަތު ބެލުމަށް ހަދަންޖެހިފައިވާ އެމްއާރުއައި ސްކޭން އަދިވެސް ނުހެދެ އެވެ. މީގެ އިތުރުން ދޭތެރެއަކުން ކިޑްނީގެ މައްސަލަވެސް ކުރިމަތިވެފައިވެ އެވެ.

އެހީ ޖަމިއްޔާއިން ބުނާ ގޮތުން ޝައިހްގެ ފަރުވާގެ ފުރަތަމަ ދަތުރަށް 20،000 ޑޮލަރު ބޭނުންވެ އެވެ. ފަރުވާއިން ޝައިހްގެ ލޮލަށް ފެންނާނެ ކަމުގެ ބޮޑު އުންމީދެއް އޮތް ކަމަށް އެހީ ޖަމިއްޔާއިން ބުންޏެވެ. ދަރުސްތަކުގެ އިތުރުން ޝައިހް އިބްރާހިމް ވަނީ ދިވެހިބަހުން އެތަކެއް ފޮތްތަކެއް ލިޔުއްވައި އަރަބި ފޮތްތައް ތަރުޖަމާ ކުރައްވާފަ އެވެ. އެގޮތުން ޙިސްނުލް މުސްލިމް، ކިތާބުއް ޞިޔާމް، ނަބީބޭކަލުންގެ ތަރިކަ، ތައުޙީދުގެ ޚުލާޞާ، ކިތާބުއް ޞަލާތު ފަދަ މުހިންމު ފޮތްތައް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.