ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފުލުހަކު ހައްޔަރުކޮށްފި

ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ފުލުހަކު ހައްޔަރުކޮށްފި

Author
އަހުމަދު
16 ޑިސެމްބަރ 2025 06:05
0

މާރާމާރީ ހިންގުމަށްފަހު ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ތުހުމަތުގައި ފުލުހަކު ހައްޔަރުކޮށްފި އެވެ. ހައްޔަރުކޮށްފައިވަނީ މ. ކޮޅުފުށި، ލިލީނައިޓް، މުހައްމަދު މައުސޫމް އެވެ. މައުސޫމު ކޯޓަށް ހާޒިރުކުރުމުން ކޯޓުން އޭނާގެ ބަންދަށް ދެދުވަހު ދީފައިވެ އެވެ. އޭނާއަށް ކުރާ ތުހުމަތުގެ ތަފުސީލު ފުލުހުން އާންމުކޮށްފައެއް ނުވެ އެވެ.

މީގެ އިތުރުން މާލޭގެ ސެލޫނަކަށް ވަދެ ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުން ދިނުމުގެ ތުހުމަތުގައި އިތުރު ފުލުހަކުވެސް މިދިޔަ ހަފްތާގައި ހައްޔަރުކޮށްފައިވެ އެވެ. އެ މައްސަލައިގައި ހައްޔަރުކުރީ އައްޑޫ ހިތަދޫ، އަސަރީވިލާ، 43 އަހަރުގެ އަލީ މަނިކު އެވެ. އަލީ މަނިކު މިހާރު މުސާރަ ނުލިބޭ ގޮތަށް ފުލުހުންގެ ވަޒީފާއިން ސަސްޕެންޑުކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.