ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލް ކަމަށްވާ ޓާމިނަލް ވަންއަށް މިހާތަނަށް 30 އެއާލައިނެއް ބަދަލުކޮށްފައިވާ ކަމަށް އެމްއޭސީއެލް އިން ބުނެފި އެވެ.
އެންމެ ފަހުން އާ ޓާމިނަލަށް ބަދަލުވީ ޗައިނާގެ މަޝްހޫރު ޗައިނާ އީސްޓަން އެއާލައިން އެވެ. އިއްޔެ އެ އެއާލައިނުން 241 ފަސިންޖަރުން ފުރުވާލައި، 227 ފަސިންޖަރުން ރާއްޖެ ގެނެސްފައިވެ އެވެ.
ޒަމާނީ ވަސީލަތްތަކާއެކު ތަރައްގީކޮށްފައިވާ މި ޓާމިނަލަށް ޓޫރިޒަމް ސީޒަން ފެށުމުގެ ކުރިން ހުރިހާ އެއާލައިނެއް ބަދަލުކުރުމުގެ މަސައްކަތް އެމްއޭސީއެލް އިން ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ