ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް 1 އިން ޗައިނާ އީސްޓާން އެއާލައިންސަށް ހިދުމަތް ދޭން ފަށައިފިއެވެ. މިކަން ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ޗައިނާގެ ސަފީރު ކޮންގް ޒިއަންހުއާއެވެ.
ރަސްމިއްޔާތުގައި އެ އެއާލައިންގެ ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، ފުރަތަމަ ފްލައިޓް އީވައި376 އިން އައި ފަސިންޖަރުންނަށް ހަދިޔާ ދީ ހޫނު މަރުޙަބާ ކިޔާފައިވެއެވެ. ޗައިނާ އީސްޓާން ހިމެނޭހެން ޓާމިނަލް 1 އިން ހިދުމަތްދޭ އެއާލައިންތަކުގެ އަދަދު މިހާރު 30 އަށް އަރާފައިވެއެވެ.
ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ އަމާޒެއް ކަމަށް އެ ކުންފުނިން ބުނެއެވެ.
ކޮމެންޓު ފޮނުވާ