ރައީސް ޑރ. މުހައްމަދު މުއިއްޒު އުފައްދަވާފައިވާ ބޭސް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންއަށް މާލެ ސިޓީ ގުރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް މިއަދު އައްޔަނުކޮށްފިއެވެ. މި އައްޔަނުކުރުމުގެ މައުލޫމާތު ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޒޭޝަން ބޯޑުން ހިއްސާކޮށްފައިވެއެވެ.
"ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް" ގެ ނަމުގައި މި ކުންފުނި އުފެއްދީ މިދިޔަ ސެޕްޓެމްބަރު ނުވައެއްގައެވެ. އެއަށްފަހު ސެޕްޓެމްބަރު 14 ގައި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑެޕިއުޓީ ސީއީއޯ ޑރ. ޝާހު މާހިރު މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަނުކުރިއެވެ.
ކުންފުނި އުފެއްދި ވަގުތު ޑރ. ޝާހު މާހިރު ވިދާޅުވީ އެ ކުންފުނީގެ މަސައްކަތްތައް ފެށުމަށް ތިން މަސް ވަރު ނަގާނެ ކަމަށާއި، އެސްޓީއޯގެ ދަށުން ކުރާ ބޭސް އެތެރެކުރުމުގެ މަސައްކަތް އާ ކުންފުންޏަށް ބަދަލުކުރުމަށް ވަގުތު ނަގާނެ ކަމަށެވެ. ކުންފުނި އުފެއްދިތާ ތިން މަސް ވީއިރު ބައެއް ބޭސް ނުލިބޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުން އަންނައިރު، ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް ވިދާޅުވީ އެ ކުންފުނީގެ މަސައްކަތަކީ ބޭސް އެތެރެކުރުމާއެކު، ރާއްޖޭގައި އަމިއްލައަށް ބޭސް އުފައްދުން ކަމަށެވެ. މިހާރު އެސްޓީއޯއިން ބޭސް ގަނޑުކޮށް ގެންނަމުން ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައި ބޭސް ފިހާރަތައް ވެސް ގާއިމްކޮށްފައިވާ ގޮތުންނެވެ.
ކޮމެންޓު ފޮނުވާ