ފުވައްމުލަކާއި އައްޑޫ ފިޔަވައި އެހެން ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި

ފުވައްމުލަކާއި އައްޑޫ ފިޔަވައި އެހެން ސަރަހައްދުތަކަށް ވައިޓް އެލާޓް ނެރެފި

Author
އަހުމަދު
09 ޑިސެމްބަރ 2025 11:33
0

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރާއްޖޭގެ ފުވައްމުލަކާއި އައްޑޫ ސިޓީ ފިޔަވައި ހުރިހާ ސަރަޙައްދަކަށް ވައިޓް އެލާޓް ނެރެފިއެވެ. މިއަދު މެންދުރު 12:30އާ ހަމައަށް ޢަމަލުކުރާ މި އެލާޓް ނެރެފައިވަނީ ބޯކޮށް ވާރޭ ވެހުމާއި ގުގުރުމާއި ވިލާގަނޑުގައި ވައިގަދަވާނެކަމަށް ލަފާކޮށްފައިވާތީއެވެ.

މެޓުން ހާމަކުރި ގޮތުގައި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ. ވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަވެ، ބައެއް ހިސާބުތަކަށް ކެރީގެ އަސަރުވެސް ކޮށްފައިވެއެވެ. މި ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ބ.ގޮއިދޫއަށް ކަމަށާއި، އެރަށަށް 117 މިލިމީޓަރުގެ ވާރެއް ވެހިފައިވާކަން މެޓުން ރެކޯޑްކޮށްފައިވެއެވެ. މޫސުން ގޯސްވާ ވަގުތުތަކުގައި ރައްޔިތުން މޫސުމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.