އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްގެ މައްޗަށް ދައުވާ ކުރެވޭވަރުގެ ހެއްކެއް ނެތް: ޕީޖީ

އެޗްޑީސީގެ ކުރީގެ އެމްޑީ ފަޒުލްގެ މައްޗަށް ދައުވާ ކުރެވޭވަރުގެ ހެއްކެއް ނެތް: ޕީޖީ

Author
އަހުމަދު
08 ޑިސެމްބަރ 2025 10:39
0

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދާއި އެ ކުންފުނީގެ އައިޓީ ހެޑް އަބްދުﷲ ޝުހޫދުގެ މައްޗަށް ކުރެވުނު ތުހުމަތުގެ މައްސަލަ ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ޑިކްލައިންކޮށްފި އެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ތުހުމަތުކުރެވުނީ ޖިނާއީ ތަހުގީގެއްގައި ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ މުހިންމު ލިޔުންތަކެއް އެޗްޑީސީގެ ސާވަރުން ރިކަވާނުކުރެވޭ ގޮތަށް ޑިލީޓްކޮށްލާފައިވާކަމަށާއި، އަދުލު އިންސާފު ގާއިމުކުރުމަށް ހުރަސްއެޅިކަމުގެ ތުހުމަތެވެ. ނަމަވެސް ޕީޖީން ބުނީ އެޗްޑީސީގެ އައިޓީ ޑިޕާޓްމަންޓާއި ފުލުހުން ތައްޔާރުކޮށްފައިވާ ރިޕޯޓުތަކުން ސާވަރުން އެއްވެސް ލިޔުމެއް ނުވަތަ ޑޭޓާއެއް ޑިލީޓްކޮށްފައި ނުވަތަ ގެއްލިފައި ނުވާކަން ހާމަވާތީ، ކުށް ސާބިތުކުރެވޭ މިންވަރަށް ހެކި ގަރީނާ ނެތްކަމަށެވެ.

މާލެ ރަށްވެހިންނަށް ގޯތި ދޭން ހިންގި "ބިންވެރިޔާ" ސްކީމުގެ ދަށުން ނުލިބޭ ބަޔަކަށް ގޯތި ދިން މައްސަލާގައި ފަޒުލް މަގާމުން ސަސްޕެންޑްކޮށް ޕާސްޕޯޓް ހިފެހެއްޓުމުން، އޭނާ ވަނީ މިދިޔަ ޑިސެމްބަރު 21ގައި މަގާމުން އިސްތިއުފާ ދެއްވާފައެވެ. ތަހުގީގުގައި އޭނާގެ ގެ ބަލައި ފާސްކުރުމުގައި މިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ނަގުދު ފައިސާ ފެނިފައިވި ނަމަވެސް، ރިލެކްސް ފެރީ ސާވިސްއިން ބުނީ ފަޒުލްގެ ކުންފުންޏަކަށް ލޯންޗެއް ބަނުމަށް 1.4 މިލިއަން ރުފިޔާ ދީފައިވާކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.