ބެނިންގެ ގައުމީ ޓީވީގެ މެދުވެރިކޮށް ސިފައިންގެ ބަޔަކު މިއަދު ހެނދުނު ވަރަށް ވެރިކަން ވައްޓާލާފައިވާ ކަމަށް އިއުލާން ކުރުމަށްފަހު، ބަޣާވާތާ ގުޅިގެން 12 ސިފައިން ހައްޔަރު ކޮށްފައިވާ ކަމަށް އޭއެފްޕީ އިން ރިޕޯޓް ކޮށްފިއެވެ. މިލިޓަރީ ކޮމިޓީ ފޯ ރީފައުންޑޭޝަންގެ ނަމުގައި ނަން ދީފައިވާ މި ސިފައިން ވަނީ ރައީސް ޕެޓްރިސް ޓަލޯން މަގާމުން ދުރުކޮށް، ދައުލަތުގެ ހުރިހާ މުއައްސަސާއެއް އުވާލާފައިވާ ކަމަށް އިއުލާން ކުރުމަށްފަހު ގައުމީ ޓީވީގެ ސިގްނަލް ވެސް ކެނޑިފައިވާއިރު، ރައީސްގެ ގާތް މީހަކު ބުނި ގޮތުގައި ރައީސް ހުންނެވީ ސަލާމަތުންނެވެ.
ހައްޔަރުކޮށްފައިވާ 13 މީހުންގެ ތެރެއިން އެކަކު ފިޔަވާ އެހެން އެންމެން ވަނީ އެކްޓިވް ޑިއުޓީ ސިފައިން ކަމަށް ވާއިރު، މި ބަޣާވާތް ހިނގާފައި ވަނީ 2016 ވަނަ އަހަރުން ފެށިގެން ވެރިކަމުގައި ހުންނެވި ރައީސް ޓަލޯންގެ ދައުރު ނިމުމަށްފަހު، އާދައުރަކަށް ކުރިމަތިލާން އަންނަ ރިޔާސީ އިންތިހާބަށް އެ ގައުމު ތައްޔާރުވަމުން އަންނަ ވަގުތެއްގައެވެ. ރައީސްގެ ދައުރު ފަސް އަހަރުން ހަތް އަހަރަށް އިތުރުކުރަން މިދިޔަ މަހު އާ ގާނޫނު އަސާސީއެއް ވަނީ ފާސްކުރެވިފައެވެ.
ކޮމެންޓު ފޮނުވާ