އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވުން ހޯމަ ދުވަހު، ވާދަކުރަނީ ގަޕޯ އެކަނި

އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ހޮވުން ހޯމަ ދުވަހު، ވާދަކުރަނީ ގަޕޯ އެކަނި

Author
އަހުމަދު
04 ޑިސެމްބަރ 2025 07:06
0

އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވުމާ ގުޅިގެން ވަގުތީ ބޭފުޅަކު އެ މަގާމަށް ހޮވުމަށް އަންނަ ހޯމަ ވިލޭރޭ 20:30 ގައި ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވާނެ ކަމަށް ޕާޓީގެ ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދު (އިބްރޭ) ވިދާޅުވެއްޖެއެވެ.

ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް އެ މަގާމުން އިސްތިއުފާ ދެއްވީ މިދިޔަ މަހުގެ 23 ވަނަ ދުވަހުއެވެ. އޭނާ އިސްތިއުފާ ދެއްވީ ޕާޓީގެ އެތެރޭގެ ޚިޔާލު ތަފާތުވުންތަކުގެ ސަބަބުން މެންބަރުންގެ މެދުގައި ނުތަނަވަސްކަން އުފެދެމުންދާތީ ކަމަށް ވިދާޅުވެއެވެ.

މިހާތަނަށް ވަގުތީ ޗެއާޕާސަންގެ މަގާމަށް ނަން ހުށަހަޅުއްވާފައިވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާ (ގަޕޯ) އެކަންޏެވެ. މީގެ ކުރިން މި މަގާމަށް ބޭފުޅަކު ހޮވުމަށް ހުކުރު ދުވަހުގެ ރޭ ބައްދަލުވުމެއް ބޭއްވި ނަމަވެސް، ރިޔާސަތުން ދެފަހަރު ދެގޮތަށް އަމަލުކުރުމުގެ ސަބަބުން ޖަލްސާގެ ނިޒާމު ގެއްލި ހަމަނުޖެހުމަކަށް ދިޔައީ ކަމަށް ޕާޓީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.