އެމްޑީޕީގެ ވަގުތީ ޗެއާޕާސަނެއް އައްޔަންކުރުމަށް ބޭއްވި ޤައުމީ މަޖިލީހުގެ ޖަލްސާގައި ހިނގައިދިޔަ ހަމަނުޖެހުންތަކާ ގުޅިގެން ޕާޓީގެ ރައީސް ޢަބްދުﷲ ޝާހިދު، ޕާޓީގެ އެތެރޭގެ މަސްލަހަތު ގެއްލޭފަދަ ކަންކަން ނުކުރުމަށް ގޮވާލައްވައިފިއެވެ.
ޑެޕިއުޓީ ޗެއާޕާސަން އިބްރާހީމް ވަހީދަށް ފޮނުއްވި ސިޓީގައި ޝާހިދު ވިދާޅުވީ އެރޭގެ ޖަލްސާގައި ވޯޓު ގުނުމުގައި ރިޔާސަތުން ދެފަހަރު ދެގޮތަށް ޢަމަލުކުރެއްވުމުން ނިޒާމު ގެއްލި ޖަލްސާ މެދުކަނޑާލަން ޖެހުނު ކަމަށެވެ. ފުރަތަމަ ޢަބްދުﷲ ވަހީދަށް 47 ވޯޓާއެކު މަޤާމު ލިބިވަޑައިގެންނެވިކަމަށް އިޢުލާނުކުރެއްވި ނަމަވެސް، މެންބަރުންގެ އިޙްތިޖާޖާއެކު އެ ނިންމުން ބަދަލުކުރެއްވީއެވެ.
މި ހަމަނުޖެހުންތަކަށްފަހު ޢަބްދުﷲ ވަހީދު ވަނީ ވާދަކުރެއްވުން އަނބުރާ ގެންދަވާފައެވެ. ޝާހިދު އިލްތިމާސްކުރެއްވީ ލޯކަލް ކައުންސިލް އިންތިޚާބު ބޯމަތިވެފައިވާ މި ދަނޑިވަޅުގައި ޕާޓީގެ އެއްބައިވަންތަކަން ދެމެހެއްޓުމަށެވެ.
ކޮމެންޓު ފޮނުވާ