ތޫފާން ޑިޓްވާ: ލަންކާގައި ތިބި ދިވެހިން ސަމާލުވާން އިލްތިމާސް ކޮށްފި

ތޫފާން ޑިޓްވާ: ލަންކާގައި ތިބި ދިވެހިން ސަމާލުވާން އިލްތިމާސް ކޮށްފި

Author
އަހުމަދު
28 ނޮވެމްބަރ 2025 08:55
0

ސްރީލަންކާއަށް އަރަމުންދާ ތޫފާން ޑިޓްވާގެ ސަބަބުން އެގައުމުގެ ހާލަތު ގޯސްވެ، އެގައުމުގައި ދިރިއުޅޭ ދިވެހިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް ރާއްޖޭގެ ހައިކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

މި ތޫފާނުގެ ސަބަބުން ބޯކޮށް ވާރޭވެހި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ދިޔުން ފަދަ ހާދިސާތައް ހިނގަމުންދާތީ ލަންކާގައި މިހާރު ވަނީ ރަތް ސަމާލު ނެރެފައެވެ. ކޯރުތައް ބަންޑުންވަމުންދާ ކަމުގެ އިންޒާރުވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ދީފައެވެ.

ހައިކޮމިޝަނުން ވަނީ ކޮންމެހެން ދާންޖެހިގެން މެނުވީ ދަތުރުފަތުރު ނުކުރުމަށާއި، ޒަރޫރީ ތަކެއްޗާއި ކާބޯތަކެތި ހޯދައި ރައްކާކުރުމަށް އެދިފައެވެ. އަދި ބިން ތިރި ސަރަހައްދުތަކުގައި އުޅޭ ފަރާތްތައް ރައްކާތެރި ތަންތަނަށް ބަދަލުވުމަށާއި، މާލެ ދަތުރުކުރާ ފަރާތްތައް ދުރާލައި އެއާޕޯޓަށް ދިޔުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ.

އެހީތެރިކަން ބޭނުންވާ ފަރާތްތަކުން ހައިކޮމިޝަންގެ ނަންބަރު 9476881666 އަށް ގުޅުމަށް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.