ފައްޔާޒްގެ ތާއީދު އަލީ އާޒިމަށް

ފައްޔާޒްގެ ތާއީދު އަލީ އާޒިމަށް

Author
ހުސައިން
25 ނޮވެމްބަރ 2025 11:24
0

އެމްޑީޕީގެ މާލެ ސިޓީ މޭޔަރު ޕްރައިމަރީގައި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއީލް އަލީ އާޒިމަށް ތާއީދު އޮތްކަން މިއަދު ރަސްމީކޮށް އިއުލާން ކުރައްވާއިފިއެވެ. މިއަދު ބޭއްވި ކެމްޕެއިން ބައްދަލުވުމެއްގައި ބައިވެރިވެވަޑައިގެން ފައްޔާޒް ވިދާޅުވީ އަލީ އާޒިމަކީ އެމްޑީޕީގެ މޭޔަރެއް ހުރިކަމުގެ އިހުސާސް ޕާޓީގެ މެމްބަރުންނަށް ގެނެސްދޭނެ އެމްޑީޕީ ވަންތަ ކެންޑިޑޭޓެއްކަމަށެވެ.

މީގެ ކުރިން ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ އަލީ އާޒިމަށް ތާއީދު ކުރައްވާކަން ހާމަކުރައްވާފައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ތާއީދު އޮތީ ކޮން ކެންޑިޑޭޓަކަށްކަން މިހާތަނަށް ހާމައެއް ނުކުރައްވައެވެ. މޭޔަރު ޕްރައިމަރީގައި އަލީ އާޒިމްގެ އިތުރުން މިހާރުގެ މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވެސް ވަނީ ވާދަކުރައްވާނެކަން އިއުލާން ކުރައްވާފައެވެ. ލޯކަލް ކައުންސިލް އިންތިހާބު އަންނަ އަހަރުގެ މާޗު މަހު ބާއްވަން ހަމަޖެހިފައިވާއިރު، އެމްޑީޕީގެ ޕްރައިމަރީ ބާއްވާނެ ތާރީހެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.