އެމްޔޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާޢީލް އެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން، ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ އެމަނިކުފާނަށް ޝުކުރު ދަންނަވައި، ޕާޓީ ހިންގެވުމުގައި ކުރެއްވި ބުރަ މަސައްކަތްތަކަށް އެންމެހާ މެންބަރުން ބަލައިގަންނާނެކަމަށް ވިދާޅުވެފައެވެ.
ރޭގެ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާގައި ފައްޔާޒު އިސްތިއުފާގެ ސިޓީ ހުށަހެޅުއްވި އިރު، ރައީސް ޞާލިޙް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސަރުކާރު ހިންގާ ޕާޓީއެއްގެ ގޮތުގައާއި އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ހުރި ހުރިހާ ވަގުތެއްގައި ވެސް ފައްޔާޒު ވަރަށް ބުރަކޮށް މަސައްކަތް ކުރެއްވިކަން ފާހަގަކުރައްވާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި އަލަށް އިންތިޚާބުވާ ޗެއާޕާސަންއަކަށް އެމަނިކުފާނުގެ ފުރިހަމަ އެހީތެރިކަން ލިބެމުންދާނެކަމުގެ ޔަގީންކަން ދެއްވުމާއެކު، ބާއްޖަވެރި ދުވަސްތަކެއް އެދިވަޑައިގެންނެވިއެވެ.
ފައްޔާޒު އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ ޕާޓީގެ ލީޑަރުންނާމެދު ބަސްބުނުމުގެ ފުރުސަތު ހުޅުވާލާނޭ ކަމުގެ ވައުދުވެވަޑައިގެންފައިވާތީ، އެކަމަށް ފުރުސަތު ދެއްވުމުގެ ގޮތުން އިސްތިއުފާ ދެއްވާ ކަމަށެވެ. އަދި ވިދާޅުވީ ޕާޓީގެ ރައީސްއަށް ފުރިހަމަ އިހުތިޔާރާއެކު ކަންކަން ކުރިއަށް ގެންދިއުމަށް އޭނާއަކީ ހުރަހެއް ކަމަށް ދެކޭ ދެކުން ނިންމާކަމަށެވެ. ފައްޔާޒު ޝުކުރު ދަންނަވައި ވިދާޅުވީ ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ގައުމީ މަޖިލީހާއި އާންމު މެންބަރެއްގެ ގޮތުގައި އިސްލާހީ މަސައްކަތުގައި ދެމިހުންނަވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ