ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން އަދަދު 1.9 މިލިއަނަށް

ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިން އަދަދު 1.9 މިލިއަނަށް

Author
ހުސައިން
17 ނޮވެމްބަރ 2025 11:02
0

މިއަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 1.9 މިލިއަން ހަމަވުމުގެ ކައިރިއަށް ގޮސްފައިވާކަން ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ. މި މުއްދަތުގައި ޖުމްލަ 1,804,515 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކޮށްފައިވާއިރު، މިއީ މިދިޔަ އަހަރުގެ މިއީ ތާރީހާއި އަޅާބަލާއިރު 9.9 ޕަސެންޓުގެ ކުރިއެރުމެކެވެ.

އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ ޗައިނާއިންނެވެ. އެގައުމުން މިހާތަނަށް 303,035 ފަތުރުވެރިން ވަނީ ރާއްޖެއަށް ވަޑައިގެންފައެވެ. ދެވަނަ ބޮޑު މާކެޓަކީ ރަޝިއާއެވެ. އެގައުމުން 242,542 ފަތުރުވެރިން ރާއްޖެ ޒިޔާރަތްކުރިއެވެ. ފަތުރުވެރިންގެ ތެރެއިން 1.4 މިލިއަނަށް ވުރެ ގިނައިން ރިސޯޓްތަކުގައި ވަނީ ޗުއްޓީ ހޭދަކޮށްފައެވެ. ގެސްޓްހައުސްތަކުގައި ޗުއްޓީ ހޭދަކުރީ 415,028 ފަތުރުވެރިންނެވެ. މިހާރު ރާއްޖޭގައި 176 ރިސޯޓާއި 935 ގެސްޓްހައުސް ހިމެނޭ 1,295 ފެސިލިޓީއެއް ފަތުރުވެރިންނަށް ހުޅުވާލެވިފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.