ޕީއެންސީ ޖަލްސާއަށްޓަކައި މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުން ބަހުގެ ދަތުރު މެދުކަނޑާލާނެ

ޕީއެންސީ ޖަލްސާއަށްޓަކައި މިރޭ އާޓިފިޝަލް ބީޗު ސަރަހައްދުން ބަހުގެ ދަތުރު މެދުކަނޑާލާނެ

Author
ހުސައިން
14 ނޮވެމްބަރ 2025 09:16
0

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގެ ދެ އަހަރު ފުރިހަމަވުން ފާހަގަކުރުމަށް ވެރިކަންކުރާ ޕީއެންސީން މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ ޖަލްސާއާ ގުޅިގެން އެ ސަރަހައްދުން ބަހުގެ ދަތުރު މެދުކަނޑާލާނެ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީން ބުނެފިއެވެ.

އެމްޓީސީސީން ނެރުނު އިއުލާނުގައި ބުނީ މިރޭ 8:30 ގައި ފަށާ ޖަލްސާއާ ގުޅިގެން މިއަދު މެންދުރު 6:00 އިން ފެށިގެން އިރުއޮއްސޭ 12:30 ގެ ނިޔަލަށް އާޓިފިޝަލް ބީޗު ސަރަހައްދު ބަންދުކުރާނެ ކަމަށެވެ. އެހެންކަމުން އެ ސަރަހައްދުން ދަތުރުކުރާ އާރް2، އާރް8، އާރް10، އާރް11 އަދި އާރް12 ގެ ދަތުރުތައް އެ ވަގުތު ހުއްޓާލާނެ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި ޖަލްސާއަށް ރާއްޖޭގެ އެކި ރަށްރަށުން ވަރަށް ގިނަ އަދަދެއްގެ ބަޔަކު މިހާރު ވަނީ މާލެއަށް އައިސްފައެވެ. ޕީއެންސީގެ ޗެއާޕާސަން އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މި ޖަލްސާއަކީ ރައްޔިތުން ރައީސް މުއިއްޒާއެކު ތިބިކަން ދައްކުވައިދޭނެ ޖަލްސާއެއް ކަމަށެވެ.

އިތުރު މައުލޫމާތު ހޯދަން 1650 އަށް ގުޅުމުގެ ފުރުސަތު އެމްޓީސީސީން ފަހިކޮށްދީފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.