ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ހަނިމާދޫ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވަނީ

ކުލަގަދަ ރަސްމިއްޔާތަކާއެކު މިރޭ ހަނިމާދޫ އިންޓަނޭޝަނަލް ޓާމިނަލް ހުޅުވަނީ

Author
ޙަސަން މުޙައްމަދު
09 ނޮވެމްބަރ 2025 02:24
0

ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލް ހުޅުވުމުގެ ރަސްމިއްޔާތު މިރޭ ބާއްވަން ތައްޔާރުވަމުންދާއިރު، މި ހަފުލާ ޝަރަފުވެރި ކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އާއި ފަސްޓް ލޭޑީ ސާޖިދާ މުހައްމަދު ހަނިމާދޫއަށް ވަޑައިގަންނަވާނެ އެވެ. މި ރަސްމިއްޔާތުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީގެ ހާއްސަ މަންދޫބެއްގެ ގޮތުގައި އެ ގައުމުގެ ސިވިލް އޭވިއޭޝަން މިނިސްޓަރު ރާމް މޯހަން ނައިޑޫ ބައިވެރިވެވަޑައިގަންނަވާނެ އެވެ.

މިރޭގެ ކުލަގަދަ ރަސްމިއްޔާތުގައި ޓާމިނަލް ހުޅުވުމާއެކު ހަވާއެރުވުމާއި، ފުރަތަމަ ފަހަރަށް އޭ-320 މަރުކާގެ ބޮޑު ބޯޓެއް ހަނިމާދޫގައި ޖައްސާނެ އެވެ. މާފަރާއި ގަން އެއާޕޯޓަށްފަހު އޭ320 ޖައްސާ ތިންވަނަ އެއާޕޯޓަކަށް ހަނިމާދޫ ވާނެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފެށި މި މަޝްރޫއަކީ، އިންޑިއާއިން ރާއްޖެއަށް ދީފައިވާ 800 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިނުގެ ދަށުން، އިންޑިއަން އެގްޒިމް ބޭންކުން 136 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 2.1 ބިލިއަން ރުފިޔާ) ގެ ލޯނަކުން ހިންގާ މަޝްރޫއެކެވެ. 2400 މީޓަރުގެ ރަންވޭއާއި އޭޕްރަން ވަނީ ނިމިފައި އޮންނަ އިރު، މުޅި މަޝްރޫއު ނިމޭނީ މާޗް 2025 ގެ ނިޔަލަށް ކަމަށް ލަފާކުރެވެ އެވެ.

މިއީ މާލެއިން ބޭރުގައި މިހާތަނަށް ހިންގާ އެންމެ ބޮޑު މަޝްރޫއު ކަމުގައިވާއިރު، މި އެއާޕޯޓުން އޭބަސް A320 އާއި ބޯއިން 737 ފަދަ ބޮޑެތި ބޯޓުތައް ހިނގާލާނެ އެވެ. މިތަން ނިމުމުން މެދުއިރުމައްޗާއި ދެކުނު އޭޝިއާ، ދެކުނު އިރުމަތީ އޭޝިއާ އަދި އިރުމަތީ އެފްރިކާގެ ގައުމުތަކުން ސީދާ ފްލައިޓްތައް ހަނިމާދޫއަށް ދެވޭނެ ކަމަށް އެމްއޭސީއެލްއިން ބުނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.