އެއާ އިންޑިއާ ވީއައިއޭގެ ޓާމިނަލް 1 އަށް ބަދަލު ކޮށްފި

އެއާ އިންޑިއާ ވީއައިއޭގެ ޓާމިނަލް 1 އަށް ބަދަލު ކޮށްފި

Author
ޙަސަން މުޙައްމަދު
01 ނޮވެމްބަރ 2025 06:19
0

ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ އައު ފަސިންޖަރު ޓާމިނަލް (ޓާމިނަލް 1) އިން އިންޑިއާގެ ގައުމީ އެއާލައިން އެއާ އިންޑިއާ އިން މިއަދު ފެށިގެން އޮޕަރޭޓްކުރަން ފަށައިފިއެވެ. މިކަން ފާހަގަކުރުމުގެ ގޮތުން ޓާމިނަލްގައި މިއަދު ބާއްވާފައިވާ ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައިވާ އިންޑިއާގެ ސަފީރު ޖީ. ބާލަސުބްރަމާނިއަންއެވެ.

ރަސްމިއްޔާތުގައި އެއާ އިންޑިއާގެ ޗެކިން ކައުންޓަރުތައް ރަސްމީކޮށް ހުޅުވައި، އެ އެއާލައިންގެ ފުރަތަމަ އައުބައުންޑް ފްލައިޓުން ރާއްޖެ އައި 132 މުސާފިރުންނަށް ސަގާފީ ހަރަކާތްތަކާއެކު ހޫނު މަރުހަބާ ކިޔާފައިވެއެވެ. އަދި އައުޓްބައުންޑް ފްލައިޓުން ދަތުރުކުރި 118 މުސާފިރުންނަށް ހަދިޔާތައް ދީފައިވެއެވެ. އެއާ އިންޑިއާގެ އެއަރޕޯޓް މެނޭޖަރު ޖައިންދަރް ސިންގް ރަނާ އާއި އެމްއޭސީއެލްގެ އިސްވެރިން މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

1976 ވަނަ އަހަރުގެ ފެބްރުއަރީ 21 ގައި ރާއްޖެއަށް ފްލައިޓްތައް ފަށާފައިވާ އެއާ އިންޑިއާ އާއެކު ޓާމިނަލް 1 އިން ހިދުމަތް ދޭ އެއާލައިންތަކުގެ އަދަދު މިހާރު 18 އަށް އަރައިފިއެވެ. ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމަކީ އެމްއޭސީއެލްގެ އަމާޒެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.