މޯލްޑިވިއަން ހިންގާ އައިއޭއެސް އިން ހުޅުމާލެއިން 49.4 މިލިއަން ރުފިޔާގެ ބިމެއް ގަނެފި

މޯލްޑިވިއަން ހިންގާ އައިއޭއެސް އިން ހުޅުމާލެއިން 49.4 މިލިއަން ރުފިޔާގެ ބިމެއް ގަނެފި

Author
ޙަސަން މުޙައްމަދު
30 އޮކްޓޯބަރ 2025 03:54
0

ގައުމީ އެއާލައިން މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަން ސާވިސް (އައިއޭއެސް) އިން ހުޅުމާލެ 1 ގައި 49.4 މިލިއަން ރުފިޔާއަށް ބިމެއް ގަނެފި އެވެ. އައިއޭއެސް އިން ގަތް 12،481 އަކަފޫޓުގެ ބިމަކީ ހުޅުމާލޭގެ ރަށު މާރުކޭޓާ ދިމާލުން ބޮޑުމަގާ އިންވެގެން ކަންމައްޗަކަށް ވާ ގޮތަށް އޮންނަ ބިމެވެ. މީގެ ކުރިން އެޗްޑީސީގެ ނަމުގައި އޮތް އެ ބިމުގެ ނަންބަރަކީ 11725 އެވެ.

އައިއޭއެސް އިން ބިމުގެ ފައިސާ ހަލާސްކޮށްފައިވާތީ އަދި އެ ބިމުގެ މިލްކުވެރިކަމާ މެދު އެއްވެސް ފަރާތަކުން ޝަކުވާއެއް ކޮށްފައި ނެތުމުން ބިމުގެ މިލްކުވެރިކަން އައިއޭއެސް އަށް ލިބިފައިވާ ކަމަށް ކޯޓުން ކަނޑައަޅައި ހުކުމްކޮށްފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.