ހުޅުމާލެއާ ކައިރިން ކަނޑުމަތީގައި އޮތް ސަފާރީއެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

ހުޅުމާލެއާ ކައިރިން ކަނޑުމަތީގައި އޮތް ސަފާރީއެއްގައި ބޮޑު އަލިފާނުގެ ހާދިސާއެއް ހިނގައިފި

Author
އަހުމަދު
09 މެއި 2026 05:36
0

ހުޅުމާލެއާއި ކުރުނބާ މޯލްޑިވްސް ރިޒޯޓާ ދެމެދު ކަނޑުމަތީގައި އޮތް "އެމްޕެރާ އެކްސްޕްލޯރާ" ނަމަކަށް ކިޔާ ސަފާރީއެއްގައި އަލިފާނުގެ ބޮޑު ހާދިސާއެއް ހިނގައިފިއެވެ.

މި ހާދިސާގެ ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ސިފައިން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ފަށާފައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ ފޮޓޯތަކުން ފެންނަ ގޮތުގައި، އެ އުޅަނދުގައި ވަރަށް ބޮޑަށް އަލިފާން ރޯވެ، މުޅި ސަރަހައްދަށް ވަނީ ބޯ ދުންގަނޑު ފެތުރިފައެވެ.

މި ސަފާރީގައި އަލިފާން ރޯވާން މެދުވެރިވި ސަބަބު ކަމާބެހޭ ފަރާތްތަކަށް އަދި ކަށަވަރުކުރެވިފައި ނުވެއެވެ. އަދި މިހާތަނަށް ބެލިބެލުމުން މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ. ސިފައިން ދަނީ އަލިފާން ކޮންޓްރޯލްކޮށް، އުޅަނދުގައި ތިބި މީހުންގެ ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ހަރަކާތްތެރިވަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.