ގުޅީފަޅު ކައިރިން ދޯންޏެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

ގުޅީފަޅު ކައިރިން ދޯންޏެއްގައި ރޯވި އަލިފާން އެމްއެންޑީއެފުން ނިއްވާލައިފި

Author
އަހުމަދު
09 މެއި 2026 05:54
0

ގުޅީފަޅު ނެރާ ދިމާލުން ބޭރުގައި އޮތް "އޮގްޒޮން ކެރިއާ 2″ ނަމަކަށް ކިޔާ ދޯންޏެއްގައި ރޯވި އަލިފާން، އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ނިއްވާލައިފިއެވެ.

މި ހާދިސާގެ ރިޕޯޓް މިއަދު މެންދުރުފަހު 1:22 ހާއިރު ލިބުމާއެކު، އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑާއި ހުޅުމާލޭ ފަޔާ ސްޓޭޝަނުގެ ފަޔަފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް ހަރަކާތްތެރިވާން ފަށާފައެވެ. ސިފައިން ކުރި މަސައްކަތުން ދޯނީގެ އިންޖީނު ރޫމުގައި ރޯވި އަލިފާންގަނޑު އެއްކޮށް ކޮންޓްރޯލްކޮށް ނިއްވާލެވުނީ މެންދުރުފަހު 2:45 ހާއިރުއެވެ.

އަލިފާން ރޯވި ވަގުތު ދޯނީގައި ފަސް މީހުން ތިބި ނަމަވެސް، އެ އެންމެން ވަނީ ސަލާމަތްތެރިކަމާއެކު އެހެން ދޯންޏަކަށް ބަދަލުވެފައެވެ. އެހެންކަމުން އެއްވެސް މީހަކަށް މި ހާދިސާގައި އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އަލިފާނުގެ ސަބަބުން ދޯނީގެ އިންޖީނު ރޫމަށް ވަނީ ވަރަށް ބޮޑަށް ގެއްލުންވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.