އެމްއެމްއޭގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށް، ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފި

އެމްއެމްއޭގެ ވެބްސައިޓަށް ދިމާވި މައްސަލަ ހައްލުކޮށް، ސެކިއުރިޓީ ވަރުގަދަ ކުރުމުގެ މަސައްކަތް ފަށައިފި

Author
އަހުމަދު
09 މެއި 2026 05:44
0

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ރަސްމީ ވެބްސައިޓަށް ދިމާވި ވަގުތީ މައްސަލަ ހައްލުކޮށް، ވެބްސައިޓްގެ ޚިދުމަތްތައް އަލުން އާންމު ހާލަތަށް ގެނެސްފިއެވެ.

އެ އޮތޯރިޓީން ހާމަކުރެއްވި ގޮތުގައި، މި މައްސަލައިގެ ތެރެއިން ބަދަލުތަކެއް ގެނެސްފައިވަނީ ހަމައެކަނި ވެބްސައިޓްގެ މައި ސަފުހާ (ހޯމްޕޭޖް) އަށެވެ. އެމްއެމްއޭގެ ވެބްސައިޓަކީ އެއްވެސް ފަރާތެއްގެ އަމިއްލަ ނުވަތަ ރައްކާތެރިކުރަންޖެހޭ ސިއްރު މައުލޫމާތުތައް ބަލަހައްޓާ ސައިޓަކަށް ނުވާތީ، މީގެ ސަބަބުން އެފަދަ އެއްވެސް މައުލޫމާތަކަށް ގެއްލުމެއް ލިބިފައި ނުވާކަމުގެ ޔަގީންކަން އެމްއެމްއޭއިން ވަނީ ދީފައެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު އިތުރަށް ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި، ވެބްސައިޓް ހޯސްޓްކުރާ ފަރާތާ ގުޅިގެން ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އެމްއެމްއޭއިން ވަނީ ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.