2026 ގެ ބަޖެޓް ހުށަހެޅުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ތާވަލް ކޮށްފި

2026 ގެ ބަޖެޓް ހުށަހެޅުން މާދަމާގެ މަޖިލީހުގެ ޖަލްސާއަށް ތާވަލް ކޮށްފި

Author
ޙަސަން މުޙައްމަދު
29 އޮކްޓޯބަރ 2025 07:33
0

2026 ވަނަ އަހަރުގެ ދައުލަތުގެ ބަޖެޓް، މާދަމާގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއަށް ތާވަލްކުރުމަށް ނިންމާފައިވާކަން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު އިއުލާންކުރެއްވިއެވެ.

މި ބަޖެޓާ ގުޅޭގޮތުން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓު ހުށަހަޅަނީ ސަރުކާރުގެ ވައުދުތައް ފުއްދުމަށް ބޭނުންވާ ހުރިހާ މަޝްރޫއުތައް ހިމެނޭ ގޮތަށް ކަމަށެވެ. ވައުދުތައް ފުއްދުމުގެ މަސައްކަތް މި ދެ އަހަރަށް ބަހާލައިގެން ކުރިޔަށް ގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ގާނޫނުއަސާސީއަށް ގެންނަ ބަދަލުތަކުގެ ތެރެއިން އަތޮޅު ކައުންސިލްތައް އުވާލުމުން ބަޖެޓަށް މުހިންމު އިތުރުވުމެއް ލިބޭނެކަމަށެވެ. އެގޮތުން ސޭވް ވާ ފައިސާ ރަށްރަށުގެ ކައުންސިލްތަކުގެ ބަޖެޓުން ރައްޔިތުންނަށް ބޭނުންވާ ޚިދުމަތްތައް ދިނުމަށާއި، އިޖުތިމާއީ ގޮތުން އެހީތެރިކަން ބޭނުންވާ ވަލްނަރަބަލް ފަރާތްތަކަށް އެހީތެރިވުމަށް ހަރަދުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. މިގޮތުން ރައްޔިތުންނަށް ހިދުމަތް ދިނުމުގައި ގިނަ ކަންކަން ފަހިވެގެންދާނެކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.