ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކަށް އީޓީއޭ ހޯދަންޖެހޭގޮތަށް ލާޒިމު ކޮށްފި

ސްރީލަންކާއަށް ދަތުރުކުރާ ފަރާތްތަކަށް އީޓީއޭ ހޯދަންޖެހޭގޮތަށް ލާޒިމު ކޮށްފި

Author
ހުސައިން
14 އޮކްޓޯބަރ 2025 02:51
0

ސްރީލަންކާގެ އިމިގްރޭޝަނުން އިއުލާނުކުރި އާ އުސޫލުތަކާ އެއްގޮތަށް، މި އޮކްޓޯބަރު 15 ވަނަ ދުވަހުން ފެށިގެން އެ ގައުމަށް ދަތުރުކުރާ ހުރިހާ މީހުން އިލެކްޓްރޯނިކް ޓްރެވަލް އޮތަރައިޒޭޝަން (އީޓީއޭ) ހޯދަންޖެހޭނެއެވެ. އީޓީއޭ ފޯމް ފުރިހަމަކުރަންޖެހެނީ ދަތުރު ފެށުމުގެ 24 ގަޑިއިރާއި 48 ގަޑިއިރާ ދެމެދުގެ ތެރޭގައި eta.gov.lk/slvisa ވެބްސައިޓުން ނެވެ.

މި ބަދަލުތަކާއެކު ވެސް ދިވެހިންނަށް ވިސާ ދޫކުރާ އުސޫލުތަކަށް އެއްވެސް ބަދަލެއް އައިސްފައި ނުވާތީ، ވިސާގެ މަސައްކަތްތައް ކުރިން ހިނގަމުން އައި ގޮތަށް ކުރިއަށް ގެންދެވޭނެ ކަމަށް މައުލޫމާތު ލިބެއެވެ. އީޓީއޭ ފޯމް ފުރިހަމަނުކޮށް ދަތުރުކުރާ މީހުންނަށް ސްރީލަންކާއަށް އެތެރެވުމުގައި ދަތިތަކާ ކުރިމަތިލާން ޖެހިދާނެތީ، އެ ގައުމަށް ދަތުރުކުރާ އެންމެން މި ކަމަށް ސަމާލުކަން ދިނުމަށް ކަމާބެހޭ ފަރާތްތަކުން އިލްތިމާސްކުރެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.