ގެދޮރުވެރިޔާ ފްލެޓުތައް ކުއްޔަށްދޭ މައްސަލަ ގާނޫނުން ހައްލުކުރަނީ

ގެދޮރުވެރިޔާ ފްލެޓުތައް ކުއްޔަށްދޭ މައްސަލަ ގާނޫނުން ހައްލުކުރަނީ

Author
ހުސައިން
12 އޮކްޓޯބަރ 2025 07:43
0

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދީފައިވާ ފްލެޓުތައް ކުއްޔަށްދޭ މައްސަލަ ހައްލުކުރުމަށް ގާނޫނު ބަދަލުކޮށްގެން ވިޔަސް އެކަން ކުރައްވާނެ ކަމަށް ގެދޮރުވެރިކަމާ ބިނާރާބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ދަތިކަންހުރި ފަރާތްތަކަށް ދިނުމަށް ހަދާފައިވާ ފްލެޓުތަކުގައި ލޭބާ ކުއާޓަރޒް ހަދާފައި ހުންނަ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. މިއީ ސަރުކާރުން ބޮޑު ހޭދައެއް ކޮށްގެން، ސަބްސިޑައިޒް ކޮށްގެން ދީފައިހުރި ތަންތަން ކަމަށާއި، އެހެންކަމުން މިއީ 20،000 ނުވަތަ 25،000 ރުފިޔާގައި ކުއްޔަށްދީގެން އާމްދަނީ ހޯދަން ހުންނަ ތަންތަނެއް ނޫން ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.

މިކަން ސަރުކާރުން ވަރަށް ސީރިއަސްކޮށް ނަގާ ކަމަށާއި، މި ފްލެޓުތަކުގެ ބޭނުން ނަހަމަގޮތުގައި ކުރުން ހުއްޓުވަން ކުރެވުނު ހުރިހާ މަސައްކަތެއް ސަރުކާރުން ކުރައްވާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.