ދައުލަތަށް ލިބުނު ޖީއެސްޓީގެ އާމްދަނީ 8.6 ބިލިއަން ރުފިޔާއަށް އަރައިފި

ދައުލަތަށް ލިބުނު ޖީއެސްޓީގެ އާމްދަނީ 8.6 ބިލިއަން ރުފިޔާއަށް އަރައިފި

Author
އަހުމަދު
21 ޖޫން 2026 10:23
0

ދައުލަތަށް މުދަލާއި ޚިދުމަތުގެ އަގުން ނަގާ ޓެކްސް (ޖީއެސްޓީ) ގެ ގޮތުގައި ލިބުނު އާމްދަނީ، ފާއިތުވި އަހަރާ އަޅައިބަލާއިރު 9 އިންސައްތަ އިތުރުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، ޖީއެސްޓީގެ ގޮތުގައި ދައުލަތަށް މިހާތަނަށް 8.6 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަހަރުގެ ބަޖެޓަށް ޖުމްލަ 40.4 ބިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާކޮށްފައިވާއިރު، މި މަހުގެ 4 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 19.1 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މީގެ ތެރެއިން އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޓެކްސްގެ ގޮތުގައި ލިބުނު 14.8 ބިލިއަން ރުފިޔާއެވެ. އެގޮތުން، މިދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ޖީއެސްޓީގެ ގޮތުގައި ވަނީ 708 މިލިއަން ރުފިޔާ އިތުރަށް ލިބިފައެވެ.

ފަތުރުވެރިކަމުގެ ދާއިރާއިން ނަގާ ޓީޖީއެސްޓީގެ ގޮތުގައި 6.02 ބިލިއަން ރުފިޔާ ލިބިފައިވާއިރު، އާންމު ވިޔަފާރިތަކުން ނަގާ ޖީޖީއެސްޓީގެ ގޮތުގައި 2.5 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ މިދިޔަ އަހަރު ލިބުނު 2.2 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު ބޮޑު ކުރިއެރުމެކެވެ. ޓީޖީއެސްޓީގެ ރޭޓު 16 އިންސައްތައިން 17 އިންސައްތައަށް ބޮޑުކުރުމާ ގުޅިގެން، މިއަހަރު އެ ދާއިރާއިން އެކަނިވެސް 11.5 ބިލިއަން ރުފިޔާ ލިބޭނެކަމަށް ސަރުކާރުން އަންދާޒާކުރެއެވެ.

މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން މާޗް އަދި އޭޕްރިލް މަހު ރާއްޖެއަށް ފަތުރުވެރިން އައި އަދަދު ދަށްވި ނަމަވެސް، ޓޫރިޒަމް މިނިސްޓްރީގެ ހިސާބުތަކުން ދައްކާގޮތުގައި މެއި މަހުން ފެށިގެން އެ އަދަދުތައް އަންނަނީ އަލުން ރަނގަޅުވަމުންނެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާއި ދަތުރުފަތުރުގެ ދަތިތަކާ ހުރެ، ރާއްޖެއަށް އެތެރެކުރާ މުދަލުގެ އަގުތައްވެސް ވަނީ އުފުލިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.