ގައުމީ އެއާލައިނު މޯލްޑިވިއަނުން އިންޑިއާގެ ކޮޗިނާއި ޓްރިވެންޑްރަމް އަށް ހާއްސަ އަގުހެޔޮ ދަތުރުތަކެއް ފަށައިފި އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މި ހާއްސަ ފެއާ ތައާރަފުކުރީ ސަރަހައްދީ މަންޒިލްތަކަށް ދަތުރުތައް އިތުރަށް ވަރުގަދަ ކުރުމުގެ ބޭނުމުގައި ކަމަށެވެ. މި ދަތުރުތައް ކުރުމަށް ހަމަޖެހިފައިވަނީ ހޯމަ، ބުދަ، ބުރާސްފަތި އަދި ހޮނިހިރު ދުވަސްތަކުގަ އެވެ. ދަތުރުތައް ކުރާނީ އެއާބަސް އޭ320 ބޯޓުގަ އެވެ.
ކޮޗިންއަށް ކުރާ ދަތުރުތަކުގެ ޓިކެޓް އަގު 176 ޑޮލަރަށް ފެށޭއިރު، ޓްރިވެންޑްރަމް ދަތުރުތަކުގެ އަގު ފެށެނީ 232 ޑޮލަރަށެވެ. އިކޮނޮމީގައި 20 ކިލޯގެ ބެގޭޖް އެލަވަންސް ލިބޭއިރު، ޕްރިމިއަމް އިކޮނޮމީއިން 30 ކިލޯގެ ބެގޭޖާއެކު ލައުންޖް އެކްސެސް ވެސް ލިބޭނެ އެވެ. މި ވަގުތު މޯލްޑިވިއަންގެ ފްލީޓުގައި 26 ބޯޓު ހިމެނެ އެވެ.
ކޮމެންޓު ފޮނުވާ