މާފަރު ފަޅު ހިއްކާ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެމްއޭސީއެލްއާއި ހަވާލުކޮށްފި

މާފަރު ފަޅު ހިއްކާ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް އެމްއޭސީއެލްއާއި ހަވާލުކޮށްފި

Author
ޙަސަން މުޙައްމަދު
07 އޮކްޓޯބަރ 2025 07:42
0

މާފަރު ފަޅު ހިއްކާ އާބަން ސެންޓަރެއްގެ ގޮތުގައި ތަރައްގީ ކުރުމަށް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާއި ހަވާލުކޮށްފި އެވެ.

މާފަރު ފަޅު ތަރައްޤީކުރުމަށް އެމްއޭސީއެލްއާ ހަވާލުކޮށްފައިވަނީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މަހިބަދޫ އަށް ވަޑައިގެންނެވެ. އެ ފަޅު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ފިނޭންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު މޫސާ ޒަމީރު އެވެ. އެމްއޭސީއެލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުޙައްމަދު އެވެ.

މި މަސައްކަތް ކުރުމަށް އެމްއޭސީއެލްއާ ހަވާލުކުރުމުގެ އިތުރަށް ބިން ހިއްކުމުގެ ޢަމަލީ މަސައްކަތް ވެސް މިއަދު ވަނީ ފަށައިފަ އެވެ.

މަހިބަދޫ ފަޅުތެރޭގައި އޮންނަ މާފަރުފަޅު، އެ ރަށުގެ އިހުތިޞާސްގެ ތެރޭގައި ހިމެނުމަށް ރައީސް މުއިއްޒު ނިންމެވީ މިދިޔަ އޭޕްރީލް މަހުގެ ތެރޭގަ އެވެ.

ރިޔާސީ އިންތިޚާބުގެ ކެންޕޭނުގައި ރައީސް މުޢިއްޒު ވިދާޅުވީ މަހިބަދޫގެ އިހުތިޞާސް ތެރެއަށް މާފަރުފަޅު އިތުރުކޮށް, ދުރު ރާސްތާ ޕްލޭނެއްގައި ހިއްކާ ބިން އިތުރުކުރެވި މުޅި އަތޮޅަށް ބޭސްކޮށް އެ ތަނުގައި ގެދޮރު ބިނާކުރުމާއި އުމްރާނީ ތަރައްގީއާއި އިގުތިސޯދީ ތަރައްގީގެ މަޝްރޫތަކާއި އިޖުތިމާއީ ބޭނުންތަކަށް ބޭނުންވާ ޖާގައާއި ސިނާއީ ބޭނުންތަކަށް މި ގޮތަށް ރަނގަޅަށް ޕްލޭންކޮށް ޖާގަ ލިބޭ ގޮތަށް އެ ތަން ތަރައްގީކުރެވޭނެ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.