މުދައްރިސުން ނެތް މުޖްތަމަޢަކަށް ކުރިމަގެއް ނުފެނޭ: ފަސްޓް ލޭޑީ

މުދައްރިސުން ނެތް މުޖްތަމަޢަކަށް ކުރިމަގެއް ނުފެނޭ: ފަސްޓް ލޭޑީ

Author
ހުސައިން
05 އޮކްޓޯބަރ 2025 12:04
0

ބައިނަލްއަޤްވާމީ މުދައްރިސުންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވީ، މުދައްރިސުން ނެތް މުޖްތަމަޢެއްގައި ކުރިމަގެއް ނުވަތަ ތަހުޒީބެއް ނުވަތަ އުންމީދެއް ހުރެގެން ކުރިޔަށް ނުދާނެކަމަށެވެ.

މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ފަސްޓް ލޭޑީ ފާހަގަކުރެއްވީ، ކޮންމެ މުދައްރިސަކީ ދަރިވަރުންނަށް މަންމައަކާއި ބައްޕައަކާއި ބެލެނިވެރިއެއްގެ ދައުރު އަދާކުރައްވާ ބޭފުޅުންކަމަށެވެ. އެއްޖީލުން އަނެއްޖީލަށް އިލްމާއި ފަންނުތައް ފޯރުކޮށްދެނީ މުދައްރިސުންކަމަށާއި، މުދައްރިސުންގެ ޚިދުމަތާއި ދެއްވާ އެހީތެރިކަން އަބަދުވެސް ރާއްޖެއަށް ލިބެމުން ދިއުމަށް ދުޢާކުރައްވާ ތަހުނިޔާ އަރިސްކުރެއްވިއެވެ.

މިދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވެސް މުދައްރިސުންނަށް ތަހުނިޔާ ވިދާޅުވިއެވެ. ރައީސް ވިދާޅުވީ، ރާއްޖެއަށް ރީތި މުސްތަޤްބަލެއް ހޯދައިދިނުމުގެ އެންމެ ބޮޑު ދައުރާއި ބާރު އޮތީ މުދައްރިސުންގެ އަތްމަތީގައިކަމަށެވެ. ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ އެދުރުންނަށް ކުރިއެރުމާއި ފަހިކަން ހޯދައިދިނުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަން ދެއްވާކަމުގެ ޔަގީންކަން ރައީސް އިއްޔެ ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.