ހުޅުމާލޭގައި ހިނގި މާރާމާރީގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި

ހުޅުމާލޭގައި ހިނގި މާރާމާރީގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް 10 ދުވަސް ޖަހައިފި

Author
ހުސައިން
05 އޮކްޓޯބަރ 2025 01:47
0

ހުޅުމާލޭ ހިޔާ ފްލެޓްތަކުގެ ސަރަހައްދުގައި އިއްޔެ ހިނގި މާރާމާރީގައި ހައްޔަރުކުރި ހަތަރު މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން ކޮންމެ މީހަކަށް 10 ދުވަހުގެ މުއްދަތެއް ޖަހާއިފިއެވެ. މި ހަތަރު މީހުންގެ ތެރޭގައި އުމުރުން 19 އަހަރުގެ އަންހެނެއް، 18 އަހަރުގެ އަންހެނެއް، 27 އަހަރުގެ ފިރިހެނެއް އަދި 24 އަހަރުގެ ފިރިހެނެއް ހިމެނެއެވެ.

އިއްޔެ މެންދުރުފަހު 17:07 ހާއިރު ހުޅުމާލޭ ފޭސް ހިޔާ އެޗް 7 ސަރަހައްދު ފުލުހުން ޕެޓްރޯލް ކުރަމުން ދަނިކޮށް މި މާރާމާރީ ހިނގަމުންދާ މަންޒަރު ފެނިފައިވެއެވެ. މި މައްސަލައާ ގުޅޭ ވީޑިއޯއެއް މީސްމީޑިއާގައި ދައުރުވަމުން ދިޔައިރު، އެ ވީޑިއޯއިން ދައްކާ ގޮތުގައި ދެ އަންހެނުންނާއި ދެ ފިރިހެނުން ތަޅާފޮޅައި ބޮޑު ހަމަނުޖެހުމެއް ހިންގާފައި ވެއެވެ.

މި ހަމަނުޖެހުން ހިނގި ސަބަބު މިހާތަނަށް އެނގިފައެއް ނުވެއެވެ. ފުލުހުން ބުނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.