ފިލިޕިންސްގައި ޑޮކްޓަރުކަން ކިޔަވަމުން ދިޔަ ދިވެހި ދަރިވަރެއް އެނބުރި ރާއްޖެ އަންނަން ތައްޔާރުވަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ. މި ހިތާމަވެރި ހާދިސާގައި މަރުވެފައި ވަނީ ނ. ހޮޅުދޫ، މުހައްމަދު ހުމައިދު އަހުމަދު، 30 އަހަރު، އެވެ.
ލިބިފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި ހުމައިދު ވަނީ އިއްޔެ ރާއްޖެ އަންނަން ފްލައިޓް ޓިކެޓް ނަގާފަ އެވެ. ނަމަވެސް ކަނޑައެޅިފައިވާ ގަޑިއަށް އެއާޕޯޓަށް ހާޒިރުނުވުމުން، މަރުވެފައިވާކަން އެގުނީ އޭނާއަށް ވީގޮތެއް އޮޅުން ފިލުވުމަށް އާއިލާއިން ކުރި މަސައކަތުންކަން އެނގިފައި ވެއެވެ.
މިވަގުތު ފިލިޕިންސް ފުލުހުން މި މައްސަލަ ތަހުގީގު ކުރަމުން ގެންދާއިރު، ހުމައިދު މަރުވި ސަބަބު އަދިވެސް ސާފެއް ނުވެ އެވެ.
ހުމައިދަކީ ފިލިޕިންސްގައި މެޑިސިން ކިޔަވަމުން އައި ދަރިވަރެކެވެ. އޭނާ އެންމެ ފަހުން ރާއްޖެ އައިސްފައި ވަނީ ކޮވިޑް-19 ޕެންޑެމިކްގެ ދުވަސްވަރު އެވެ. އޭގެ ފަހުން އޭނާ ވަނީ ތައުލީމު ފުރިހަމަ ކުރުމަށް އަނެއްކާވެސް ފިލިޕިންސަށް ގޮސްފަ އެވެ.
މި މައްސަލައާ ގުޅިގެން ދިވެހިރާއްޖޭގެ ކަމާބެހޭ އިދާރާތަކުން އަދި ރަސްމީ ބަހެއް ބުނެފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ