މެލޭޝިއާގައި ދިވެހި ފިރިހެނަކު ހައްޔަރު

މެލޭޝިއާގައި ދިވެހި ފިރިހެނަކު ހައްޔަރު

Author
އަހުމަދު
30 އޮގަސްޓް 2025 08:33
0

މެލޭޝިއާ ފުލުހުން ދިވެހި ފިރިހެނަކު ކަމަށްވާ އަބްދުލް ބާތިން މުހައްމަދު މުސްތަފާ ހައްޔަރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ވަނީ ޔަގީންކޮށްދީފައެވެ. ދިވެހި ފުލުހުން ބުނެފައިވަނީ ދިވެހި ފުލުން އޭނާގެ ގެވެށި އަނިޔާގެ ތުހުމަތުގެ މައްސަލައެއް ބަލަމުންދާ ކަމުގައެވެ.

ހޮނިހިރު ދުވަހު ފުލުހުންގެ ފަރާތުން މީޑިއާއަށް ފޮނުވި މެސެޖެއްގައި ވަނީ، މެލޭޝިއާ ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން އަބްދުލް ބާތިން މުހައްމަދު މުސްތަފާ ހައްޔަރުކުރި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބަޔާންކޮށްފައެވެ.

ދިވެހި ފުލުހުން ބުނެފައިވަނީ، ހައްޔަރުކުރެވުނު ފަރާތުގެ އިތުރު ތަފްސީލު މިވަގުތު ލިބިފައި ނުވި ނަމަވެސް، ރާއްޖޭގައި ފުލުހުން ބަލަމުން ގެންދާ އޭނާގެ މައްސަލައަކީ ގެވެށި އަނިޔާގެ މައްސަލައެއް ކަމަށެވެ. "ބާތިން ނަމަކަށް ކިޔާ ފިރިހެނަކު މެލޭޝިއާ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހައްޔަރު ކުރި ކަމުގެ މައުލޫމާތު އެނގޭ. މިކޮޅުން އަޅުގަނޑުމެން ބަލަމުން ގެންދަނީ އޭނާގެ ގެވެށި އަނިޔާގެ މައްސަލައެއް. އިތުރު ތަފްސީލު އަދި ލިބިފައެއް ނުވޭ،" ފުލުހުންގެ ފަރާތުން ބުނެފައިވެއެވެ.

މެލޭޝިއާ ފުލުހުން ބާތިން ހައްޔަރުކޮށްފައިވަނީ އެ ގައުމުގައި ބަލަމުންދާ ވަކި މައްސަލައަކާ ގުޅިގެން ކަމަށް ދިވެހި ފުލުހުން ބުނި ނަމަވެސް، އެއީ ކޮން ކަހަލަ މައްސަލައެއް ކަމެއް މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.