މޯދީ އާއި ރައީސް މުޢިއްޒު ސަލްޓަން ޕާކުގައި ގަސް އިންދަވައިފި

މޯދީ އާއި ރައީސް މުޢިއްޒު ސަލްޓަން ޕާކުގައި ގަސް އިންދަވައިފި

Author
ހުސައިން
26 ޖުލައި 2025 12:31
0

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، ދިވެހިރާއްޖެއަށް މިހާރު ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން، ސަލްޓަން ޕާކުގައި މިއަދު ހަވީރު ކުރިއަށް ގެންދިޔަ ގަސް އިންދުމުގެ ރަސްމިއްޔާތުގައި އެމަނިކުފާނު ބައިވެރިވެޑައިގެންފިއެވެ. ބޮޑުވަޒީރު މޯދީގެ އަރިހުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އިންޑިއާގެ ގަސް އިންދުމުގެ ޤައުމީ މަޝްރޫޢުގެ ދަށުން، މި ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިންދެވީ ކިނބި ގަހެކެވެ. އަދި ރާއްޖޭގެ "5 މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމް"ގެ ދަށުން، ބޮޑުވަޒީރު މޯދީ އިންދެވީ އަނބު ގަހެކެވެ. މި ހަރަކާތަކީ ދެޤައުމުގެ އެކުވެރިކަމުގެ ބަދަހި ގުޅުމާއި ތިމާވެށި ހިމާޔަތް ކުރުމުގައި ދެ ޤައުމު ހިއްސާކުރާ ޒިންމާގެ ރަމްޒެއްގެ ގޮތުގައި ކުރިއަށްގެންދެވި ހަރަކާތެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.