މާލޭގައި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިނީ އެ އެކްސިޑެންޓުގައި މަރުވި، ޔޫސުފް އަލްސަން މުހައްމަދު ކަމަށް ފުުލުހުން ބުނެފިއެވެ.
ރޭގެ އެކްސިޑެންޓުގައި މަރުވި އަލްސަންއަކީ މަޝްހޫރު ލަވަކިޔުންތެރިޔާ މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) އާއި ލަވަކިޔުންތެރިޔާ މަރިޔަމް އަޝްފާގެ ދަރިފުޅެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން އުމުރުން 17 އަހަރުގެ ކުއްޖާ ވަނީ މަރުވެފައި ކަމަށެވެ. އެނގިފައިވާ ގޮތުގައި އެ 17 އަހަރުގެ ކުއްޖާއަކީ އަލްސަންއެވެ.
ފުލުހުން ބުނީ އެކްސިޑެންޓުވި ސައިކަލުގެ ފަހަތުގައި ހުރީ 16 އަހަރުގެ ކުއްޖާކަށާއި ކަފިހުރަސްމަތީން މަގު ހުރަސްކުރި 40 އަހަރުގެ މީހަކަށް އަނިޔާވުމުގެ ސަބަބުން އައިޖީއެމްއެޗުގައި ފަރުވާ ދެމުންދ އަންނަ ކަމަށެވެ.
އެ އެކްސިޑެންޓުގެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.
އެ އެކްސިޑެންޓު ހިނގިތާ ކުޑައިރުކޮޅެއްގެ ތެރޭގައި އެ ތިން މީހުން ވެސް އައިޖީއެމްއެޗަށް ފަރުވާއަށް ގެންގޮސްފައިވާ އިރު، ދުވާ ޓްރެކް ސަރަހައްދުން ފެށިގެން ކާނިވާ ސަރަހައްދާ ހިސާބަށް ފުލުހުން ވަނީ މަގު ބަންދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ