މާލެއިން ގެއްލިގެން ހޯދަމުން ދިޔަ 18 އަހަރުގެ އަންހެން ޒުވާނަކު މިރޭ ފެނިފައިވާ ކަމަށް ފުލުހުން ހާމަކޮށްފި އެވެ.
މިއަދު މެންދުރު 1:00 ގައި ފުލުހަށް ރިޕޯޓް ކުރެވުނު މި މައްސަލައިގައި ގެއްލިފައިވަނީ އައިޝަތު ލަމްޔާ ނަމަކަށް ކިޔާ ޒުވާނެކެވެ. އޭނާގެ އާއިލާއިން ފުލުހަށް މަޢުލޫމާތު ދިން ގޮތުގައި، ލަމްޔާ ގެއިން ނުކުމެފައިވަނީ ރޭ 8:30 ހާއިރު އެވެ. އެއަށްފަހު އޭނާގެ އެއްވެސް ހަބަރެއް ލިބިފައި ނުވާތީ، އާއިލާއިން ކަންބޮޑުވެ މައްސަލަ ފުލުހަށް ރިޕޯޓް ކޮށްފައިވަނީ މިއަދު މެންދުރު ފަހުއެވެ.
އާއިލާއިން ފުލުހަށް ދިން މަޢުލޫމާތުގައި ވާގޮތުން، ލަމްޔާ އެންމެ ފަހުން ފެނިފައިވަނީ މައްޗަންގޮޅީގައި ހުންނަ ސަހަރާގެ ކައިރީގައި، ދިލްބަހާރު މަގުން ކަމަށް ވެއެވެ. މި މަޢުލޫމާތުގެ އަލީގައި ފުލުހުން އޭނާ ހޯދުމުގެ މަސައްކަތް ފަށައި، މާލޭގެ އެކި ސަރަހައްދުތަކުން ބަލަމުން ގެންދިޔަ އެވެ.
މިރޭ ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވަނީ، ލަމްޔާ މާލެއިން ފެނިފައިވާ ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް ބުނެފައެވެ. އެހެންނަމަވެސް، އޭނާ ފެނުނު ތަނާއި، ގެއިން ނުކުތް ސަބަބު ފަދަ މައްސަލައިގެ އިތުރު ތަފްސީލުތައް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ