ދައުލަތުގެ ބަޖެޓުން 7.8 ބިލިއަން ރުފިޔާ ހަރަދުވިއިރު، ޕްރައިމަރީ ބެލެންސް ސާޕްލަސްގައި

ދައުލަތުގެ ބަޖެޓުން 7.8 ބިލިއަން ރުފިޔާ ހަރަދުވިއިރު، ޕްރައިމަރީ ބެލެންސް ސާޕްލަސްގައި

Author
ހުސައިން
12 މާރޗް 2026 03:38
0

ލޯނު ދެއްކުމަށް ކުރި ހޭދައާ ހިލޭ، ދައުލަތުގެ ބަޖެޓުން މި އަހަރުގެ މާޗް 5 ވަނަ ދުވަހުގެ ނިޔަލަށް 7.8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުވެފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ހަފްތާގެ ތަފާސްހިސާބު ދައްކައިފި އެވެ.
މިދިޔަ އަހަރުގެ ހަމަ މި މުއްދަތުގައި ހަރަދު ހުރީ 8.9 ބިލިއަން ރުފިޔާ ގަ އެވެ. މި އަހަރު ރިކަރަންޓް ހަރަދު 6 ބިލިއަން ރުފިޔާގައި ހުރިއިރު، ކެޕިޓަލް ހަރަދަށް 549.7 މިލިއަން ރުފިޔާ ހޭދަ ވެފައިވެ އެވެ. ލޯނުތައް ދެއްކުމަށް ހޭދަ ވި އަދަދަކީ 798.2 މިލިއަން ރުފިޔާ އެވެ.
އާމްދަނީގެ ގޮތުގައި މި ހިނގާ 2026 ވަނަ އަހަރު ލިބިފައިވަނީ 8.6 ބިލިއަން ރުފިޔާ ކަމަށް ތަފާސްހިސާބުތައް ދައްކައެވެ. މިދިޔަ އަހަރުގެ ހަމަ މި މުއްދަތުގައި ލިބިފައިވަނީ 7.8 ބިލިއަން ރުފިޔާ ކަމަށްވާތީ، ނިސްބަތުން ލިބޭ އާމްދަނީ ވަނީ ރަނގަޅު ވެފަ އެވެ. ބަޖެޓް ޕްރައިމަރީ ބެލެންސް 2.6 ބިލިއަން ރުފިޔާ ސާޕްލަސްގައި ހުރިއިރު، އޯވައޯލް ބެލެންސް ހުރީ 2 ބިލިއަން ރުފިޔާ ސާޕްލަސްގަ އެވެ.​​​​​​​​​​​​​​​​

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.