ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމާ ގުޅޭ ރެފްރެންޑަމްއާ ބެހޭ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް އެމްޑީޕީން އިލެކްޝަންސް ކޮމިޝަން (އީސީ) އާ ބައްދަލުކޮށްފި އެވެ.
މި ބައްދަލުވުމަށްފަހު ހުޅުމާލޭ ދާއިރާގެ ކުރީގެ މެންބަރު އަލީ ނިޔާޒު ވިދާޅުވީ، އެންމެ ބޮޑު ކަންބޮޑުވުމަކީ ވޯޓު ކަރުދާސް ބާތިލުވާ ގޮތަށް ހުރި އިޖުރާއަތްތައް ކަމަށެވެ. ލޯކަލް ކައުންސިލް ކަރުދާހުގައި ހިމެނޭ ތަފާތު ތިން ވޯޓުގެ ތެރެއިން އެންމެ ބަޔަކަށް ދޭ ވޯޓެއްގައި މައްސަލައެއް ދިމާވިޔަސް، މުޅި ކަރުދާސް ބާތިލުވާ ގޮތަށް ގާނޫނު އޮތުމަކީ ބޮޑު ގޮންޖެހުމެއް ކަމަށް ވިދާޅުވި އެވެ. އީސީ ގެ މެންބަރުން، މިކަމަށް ރިއާޔަތްކުރައްވާނެ ކަމަށް ވިދާޅުވި ކަމަށްވެސް ނިޔާޒު ފާހަގަ ކުރެއްވި އެވެ.
ރާއްޖެ ބޭރުގައި ވޯޓު ފޮށި ނުބެހެއްޓޭ މައްސަލައާ ގުޅިގެން ވެސް ގާނޫނު ތަންދޭ ތެރޭ ގައި ހައްލެއް ހޯދައިދިނުމަށް އެ ޕާޓީން ވަނީ އެދިފަ އެވެ. ރެފްރެންޑަމާ ގުޅޭ ހޭލުންތެރިކަން އިތުރު ކުރުމަކީ ގާނޫނުން އީސީ އަށް ލާޒިމްކުރާ ކަމެއް ނޫން ކަމަށް ކޮމިޝަނުން ބުނާ ތީ ވެސް ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ. ހޭލުންތެރިކަން ނެތި ވޯޓު ނެގުމަކީ ބަލައިގަނެވޭ ކަމެއް ނޫން ކަމަށް ނިޔާޒު ވިދާޅުވި އެވެ.
ހަތަރުވަނަ ކަމެއްގެ ގޮތުން، ވޯޓު ގުނާ ތަރުތީބުގެ މައްސަލަ ފާހަގަ ކުރެއްވި އެވެ. ކައުންސިލް ވޯޓު ގުނާ ނިމޭ ވިރު ދަންވަރުވާ ތީ، ރެފްރެންޑަމް ވޯޓު ގުނުން ދަންވަރަށް ދިއުން ލާޒިމްވެ، ވައްކަން ކުރުމަށް ދޮރު ހުޅުވޭ ކަމަށް ވިދާޅުވި އެވެ. ވީ ކަމަށް، ރެފްރެންޑަމް ވޯޓު އެންމެ ފުރަތަމަ ގުނާ ގޮތަށް ހެދުމަށް އެ ޕާޓީން ވަނީ ހުށަހަޅާ ފަ އެވެ. ކޮމިޝަނުން ހުރިހާ ހުށަހެޅުންތަކަކާ ގުޅިގެންވެސް ވިސްނާ ނިންމަވާނެ ކަމަށް ވިދާޅުވި ކަމަށް ނިޔާޒު ފާހަގަ ކުރެއްވި އެވެ.
ކޮމެންޓު ފޮނުވާ