10 މަހަށްފަހު ރީތީގެ ރާނީ ގެއިން ބޭރަށް!

10 މަހަށްފަހު ރީތީގެ ރާނީ ގެއިން ބޭރަށް!

ގުޅުންހުރި

ރީތީގެ ރާނީ އައިޝްވަރިއާ ރާއީ ބަޗަން އާއި ފިރިމީހާ އަބީޝޭކް ބަޗަން އަދި ދަރިފުޅު އަރާދްޔާ ވަނީ އާދިއްތަ ދުވަހު ހައިދްރައާބާދުން ފެނިފައެވެ. ކޮރޯނާވައިރަސްގެ އައުޓްބުރޭކަށްފަހު ލޮކްޑައުންގައި 10 މަސް ހޭދަކުރުމަށްފަހު، އިއްޔެ އަކީ މި ތަރިން ބޭރަށް ނުކުއިތް ފުރަތަމަ ފަހަރެވެ.

ފޭނަކު ހިއްސާކޮށްފައިވާ މި ފޮޓޯތަކުގައި އައިޝްވަރިއާ ފެނިގެންދަނީ އެއްކޮށް ކަޅު ހެދުމެއްގައެވެ. އަދި ދަރިފުޅު އަރާދްޔާ ލައިގެން ހުރީ ފިޔާތޮށިކުލައިގެ ޓްރެކް ޕޭންޓަކާއި ޓީޝާޓެކެވެ. އަބީޝޭކް ލައިގެން ހުރީ ފަޓުލޫނަކާއި ޖެކެޓެކެވެ. އެންމެންވެސް ތިބީ މާސްކު އަޅާފައެވެ.

އައިޝްވަރިއާ ހައިދްރައާބާދަށް ދިޔަ ސަބަބަކީ ކޮބައިކަން ކަނޑައެޅިގެން ނޭނގުނަސް ހީވާގޮތުގައި އައިޝްވަރިއާ ގޮސްފައިވަނީ އޭނާގެ ދެން އަންނަ ތަމިލް ފިލްމު "ޕޮނިޔިން ސެލްވަން" ގެ ޝޫޓިން އަށެވެ.

ކޮވިޑުގެ ޕެންޑަމިކުގައި އައިޝްވަރިއާ ގޭގައި ހޭދަކޮށްފައިވާއިރު އޭނާ ހަމައެކަނި ފެނިގެންގޮސްފައިވަނީ އާއިލާގެ ފޮޓޯތަކުންނާއި ވީޑިއޯތަކުންނެވެ. ނަމަވެސް ޖުލައިމަހު އަމީތާބް ބަޗަން، އަބީޝޭކް، އަރާދްޔާ އަދި އައިޝްވަރިއާ ކޮވިޑަށް ޕޮސިޓިވް ވުމުން ހަތަރު މީހުންވަނީ މުމްބާއީގެ ނަނާވަތީ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފަ އެވެ.

އައިޝްވާރިއާގެ ދެން އަންނަ ފިލްމު "ޕޮނިޔިން ސެލްވަން" ގެ ޕްރޮޑިއުސަރ ބުނެފައިވަނީ މި ފިލްމުގެ ފުރަތަމަ ބައި މި އަހަރު ކުރީކޮޅު ނެރޭނެކަމަށާއި ނަމަވެސް އަދި އެއްވެސް ތާރީހެއް ކަނޑައަޅާފައި ނުވާނެކަމަށެވެ.

 

View this post on Instagram

 

A post shared by Rebecca Memsaab (@voiceswriter)

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ