ވިލިމާލެ ފެރީ ޓާމިނަލްގެ ފިހާރައަކުން ހުކުރު ވަގުތު ވައްކަން ކޮށްފި

ވިލިމާލެ ފެރީ ޓާމިނަލްގެ ފިހާރައަކުން ހުކުރު ވަގުތު ވައްކަން ކޮށްފި

Author
ހުސައިން
13 ޖޫން 2025 10:04
0

ހުކުރު ނަމާދަށް ބަންދުކޮށްފައިވާ ވަގުތު، އެމްޓީސީސީގެ ވިލިމާލެ ފެރީ ޓާމިނަލްގައި ހިންގާ ފިހާރައެއްގެ ޓިނު ނަގައިގެން ވަދެ ވައްކަންކޮށްފައިވާ ކަމަށް ފުލުހުންނަށް މިއަދު ރިޕޯޓް ކޮށްފިއެވެ.

ފުލުހުން ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، ވައްކަން ހިނގާފައިވަނީ ފިހާރަ ހުކުރު ނަމާދަށް ބަންދުކޮށްފައި ހުރި ވަގުތެއްގައި ކަމަށެވެ. ވައްކަން ކޮށްފައިވަނީ ފިހާރައިގެ ޓިނު ނަގައިގެން އެތަނަށް ވަދެގެން ކަމަށް ފުލުހުން ބުނެއެވެ.

މި ހާދިސާގައި ފިހާރައިން ގެއްލިފައިވަނީ ހަމައެކަނި ފައިސާ ނޫން ކަމަށާއި، ފޯނެއް ވެސް ވަގަށް ނަގައިގެން ގޮސްފައިވާ ކަމަށް ފުލުހުން މަޢުލޫމާތު ދިނެވެ. ނަމަވެސް ގެއްލުނު ފައިސާގެ އަދަދާއި ފޯނުގެ ތަފްސީލު ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

މި މައްސަލައާ ގުޅިގެން ފުލުހުން މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށާއި، ވައްކަން ކުރި ފަރާތް ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި ފަދަ ހާދިސާތައް ހުއްޓުވުމަށް ފިހާރަތަކުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ހަރުދަނާ ކުރުމަށް ފުލުހުން އިލްތިމާސް ކޮށްފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.