ސައްހަނޫން ޓްރާންސްފާ ސްލިޕް ފޮނުވި މައްސަލައަކާ ގުޅިގެން އަންހެނަކު ހޯދަން ފުލުހުން އާންމުކޮށް އިއުލާނު ކޮށްފިއެވެ. މި އިއުލާނު ކުރީ އެ މީހާ އުޅޭ ތަނެއް ނޭނގޭތީ ތަހުގީގަށް ހާޒިރުވުމަށް ޗިޓު ރައްދުކުރެވިފައި ނުވާތީއެވެ.
ފްރޯޑް އެންޑް ފައިނޭންޝަލް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލާގައި ތަހުގީގަށް ބޭނުންވަނީ ހދ. މަކުނުދޫ، ލުބޯގަސްދޮށުގެ، އާއިޝަތު މަލީހާ (22އ) އެވެ. އޭނާ މިމަހުގެ 18 ވަނަ ދުވަހުގެ ހެނދުނު 10:00 ގައި ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންއަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވެއެވެ.
މީގެ އިތުރުން، މަކަރާއި ހީލަތުގެ މައްސަލައަކާ ގުޅިގެން ވެސް މީހަކު ހޯދަން ފުލުހުން މިއަދު އިއުލާނު ކޮށްފައިވެއެވެ. ހުޅުމާލެ ފޭސް 1 ޕޮލިސް އިންވެސްޓިގޭޝަނުން ތަހުގީގު ކުރަމުންދާ މި މައްސަލާގައި ތަހުގީގަށް ބޭނުންވަނީ ޏ. ފުވައްމުލައް، ދިގުވާޑް. ވެލިގާ، ހަސަން ސައީދު (34އ) އެވެ. އޭނާ މިމަހުގެ 19 ވަނަ ދުވަހު ހުޅުމާލެ ފޭސް 1 ޕޮލިސް ސްޓޭޝަނަށް ހާޒިރުވުމަށް ފުލުހުން އަންގާފައިވެއެވެ.
ފޭކް ޓްރާންސްފާ ސްލިޕާއި މަކަރާ ހީލަތުގެ މައްސަލަތަކަކީ ފުލުހުން ކަންބޮޑުވުމާއެކު ތަހުގީގު ކުރަމުންދާ މައްސަލަތަކެކެވެ.
ކޮމެންޓު ފޮނުވާ